ބީއެމްއެލްގެ އެހީއާއެކު މާއުނގޫދޫގައި ސޯލާ މަގުބައްތި ހަރުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގާ “ބީއެމްއެލް ކޮމިއުނިޓީ ފަންޑު”ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.

އެ ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ ފަރާތުން ވަނީ އެ ރަށުގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި ހުރި 25 ބައްތި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ މީގެ ކުރިން އެ މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މާއެބޫދޫގެ ބައެއް މަގުބައްތިތައް ސޯލާ ބައްތިތަކަށް ބަދަލުކޮށްފި – ފޮޓޯ : ބީއެމްއެލް

“އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށްވެ އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާ ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދިއުން،”

ޒާހިރު ވިދާޅުވިއެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މާއެބޫދޫގެ ބައެއް މަގުބައްތިތައް ސޯލާ ބައްތިތަކަށް ބަދަލުކޮށްފި – ފޮޓޯ : ބީއެމްއެލް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ބަދަލުވަނީ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުން: ނަޝީދު

ރަށްރަށުގެ މީހުން މާލެ ބަދަލުވަނީ އެ ރަށްރަށުގައި މުނިފޫހިފިލުވޭނެ ގޮތެއް ނެތުމުންކަމަށް ބެލެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ...

ޕާކިސްތާނުން ގެންނެވި ހާފިޒު މީހާ ތަރާސް ނަމާދުކުރަން ފަށައިފި

މިއަހަރުގެ ރަމްޟާންމަހު މީދޫ މަޖުދުއްދީން މިސްކިތުގައި އިމާމްވެ ތަރާވީހް ނަމާދުކުރުމަށް ޕާކިސްތާނުންގެނެސްފައިވާ  ހާފިޒު މަޖުދުއްދީން މިސްކިތުގައި ތަރާވިސް ނަމާދު ...

އެންމެ މޮޅުފިރިހެން 6 ކުޅުންތެރީންގެ ތެރޭގައި މީދޫގެ 3 ކުޅުންތެރިއަކު ހިމެނިއްޖެ

އައްޑޫސިޓީ މީދޫ ދާއިރާގެ މަރަދޫފޭދޫ އައިލެންޑް ވޮއިސް އޮފް ޔޫތުން އިންތިޒާމްކޮށްގެން މަރަދޫފޭދޫ އަވަށުގައި ކުރިއަށް ގެންދިޔަ  ” ...