ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫސިޓީގެ ތިން ކައުންސިލަރުން ބައިވެރިވެލައްވައެވެ.

އައްޑޫސިޓީ ކައުންސިލުން  މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އަލަށް  ކައުންސިލަށް ހޮވުނު 3 ކައުންސިލަރުންނަށެވެ.  މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައިވަނީ ހިތަދޫ ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، މަރަދޫ ކައުންސިލަރ ފައިސަލް އިބްރާހީމް އާއި މީދޫ ކައުންސިލަރ ހުސައިން ހިޔާޒްއެވެ.

މި ޕްރޮގްރާމްގައި ތަމްރީންދެވޭ ބައިތަކުގެ ތެރޭގައި،  ލޯކަލް ޑިމޮކްރަސީ އާއި ކައުންސިލްތައް ބާރުވެރިކުރުވުމާއެކު ރައްޔިތުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރާނެ ގޮތްތައް ހިމެނެއެވެ. މިޕްރޮގްރާމް ރޭވިފައިވަނީ އެލްޖީއޭގެ ލަފަޔާއި އިރުޝާދު ލިބިގެން ކަމަށް ޓްރާންސްޕޭރަންސީ އިން މައުލޫމާތު ދެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ޑރ.ޝަހީމް ހަމަޖަައްސަވައިފި

ކީރިތި ޤުރްއާން ހިތުދަސް ބޭފުޅެއްކަމަށްވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ...

ލިންކު ލޯޑްގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫ ލިންކް ރޯޑުގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ. ލިންކް ރޯޑުން ހިތަދޫގައި ހުންނަ ...

މިއަދަކީ ވޯލްޑް ބައިސިކަލްޑޭގެ ގޮތުގައި ފާހަގަކުރާ ދުވަސް – ކަރީމްވަނީ 40 އަހަރު މެދުނުކެނޑި ބައިސިކަލް ދުއްވާފައި

މިއަދަކީ ވޯލްޑް ބައިސިކަލްޑޭ ގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަހެވެ.ބައިސިކަލް ޑޭގެ ގޮތުގައި މިއަދު ފާހަގަކުރަމުންދާއިރު މީދޫގައި ވެސް ...