ލޯކަލް ޑިމޮކްރަސީ އާއި ގުޅޭ ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ކައުންސިލަރުން

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އިއްޔެ ފެށްޓެވި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫސިޓީގެ ތިން ކައުންސިލަރުން ބައިވެރިވެލައްވައެވެ.

އައްޑޫސިޓީ ކައުންސިލުން  މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އަލަށް  ކައުންސިލަށް ހޮވުނު 3 ކައުންސިލަރުންނަށެވެ.  މި ޕްރޮގްރާމްގައި ބައިވެރިވެލައްވާފައިވަނީ ހިތަދޫ ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، މަރަދޫ ކައުންސިލަރ ފައިސަލް އިބްރާހީމް އާއި މީދޫ ކައުންސިލަރ ހުސައިން ހިޔާޒްއެވެ.

މި ޕްރޮގްރާމްގައި ތަމްރީންދެވޭ ބައިތަކުގެ ތެރޭގައި،  ލޯކަލް ޑިމޮކްރަސީ އާއި ކައުންސިލްތައް ބާރުވެރިކުރުވުމާއެކު ރައްޔިތުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރާނެ ގޮތްތައް ހިމެނެއެވެ. މިޕްރޮގްރާމް ރޭވިފައިވަނީ އެލްޖީއޭގެ ލަފަޔާއި އިރުޝާދު ލިބިގެން ކަމަށް ޓްރާންސްޕޭރަންސީ އިން މައުލޫމާތު ދެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ. ރޭ ...

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރަނީ

އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ ...

އެންމެ ކުޑަ އުޖޫރަ މިމަސް ނިމުމުގެ ކުރީން ކަނޑައެޅޭނެ

މަސައްކަތްތެރިންނަށް ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް މި މަސް ނިމުމުގެ ކުރިން ކަނޑައެޅިގެންދާނެކަމަށް އިކޮނޮމިކް ...