އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑުގެ ފަންނާނުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއަށް ވަނީ ގިނަ އަދަދެއްގެ ބޮލީވުޑުގެ ތަރިން ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިއައީ އަމީތާބްބައްޗަން ގެ އާއިލާއެވެ.

މިހަފްލާއަށް އެންމެންގެ ސަމާލުކަން ލިބިގެން ދިޔައިރު މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވިގެންދަނީ މި ހަފްލާއަށް އާމިރު ޚާން އަދި ސަލްމާން ޚާން އާއި ޝާހުރުކް ޚާން ނުދިޔަ ސަބަބާއި މެދުގައެވެ. މިކަމާއި ގުޅިގެން އެތަރިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ތުރުކީގެ ދުވަހު ނޫހެއް ކަމަށްވާ މިލްލިގެޒެޓްގައި ބުނެފައިވަނީ އެތަރިން ނަތަންޔާހޫ އާއި ބައްދަލުކޮށްފައިނުވަނީ ނަތަންޔާހޫގެ ފަރާތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އެކު އެތަރިން ތިިބިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

ބޮލީވުޑުގެ މަޝްހޫރު ތިން ޚާނުން ނަތަންޔާހޫއާއި ބައްދަލުކޮށްފައިނުވާތީ ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުންވެސް އިންޑިޔާގެ މުސްލިމު ގިނަ ރައްޔިތުން ތަކެއް އެމީހުންނަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އަދި ބައެއް ބޮޑެތި މީޑިއާ ތަކުންވެސް އެ ތަރިންނަށް ތައުރީފްކޮށް ވާހަކަދައްކާފައިވެއެވެ.

ނަތަންޔާހޫ ގެ އިންޑިއާގެ ދަތުރަށް ބަލާލާއިރު އޭނާ ވަނީ އެކި ދާއިރާތަކުން އިންޑިއާއަށް އެހީވާނެ ކަން ހާމަކޮށްފައެވެ. އޭގެތެރޭގައި އެންމެ ބޮޑަށް އޭނާ ފާހަގަކުރައްވާފައިވަނީ ބޮލީވުޑެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ އޭނާ އާއި އޭނާގެ އަންހެނުން އަދި އިޒްރޭލުގެ ގިނަ ރައްޔިތުންތަކަކަށް ބޮލީވުޑް ވަރަށް ކަމުދާ ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ބޮލީވުޑް އެމީހުންގެ ގައުމަށްވެސް ގެނައުމަށްކަމަށް ބުނެފައިވެއެވެ. އަދި ބޮލީވުޑް ކުރިއެރުވުމަށް ފައިސާގެ ގޮތުންވެސް އެގައުމުން އެހީވާނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރޭ ޝޯ އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް

މޯލްޑިވިއަން އައިޑޮލްގެ ޕިއާނޯ ރައުންޑުގެ ފަހު ބުރުން ރޭގެ ޝޯވ  އިން ވަކިވާންޖެހުނީ އިޝާން އަދި ނާޒިހް އެވެ. ...

ސްޓަރ ސްކްރީން އެވޯޑް: އެންމެ މޮޅު އެކްޓަރ : ރަންވީރު – އެންމެ މޮޅު އެކްޓްރެސް: އާލިއާ

ކޮންމެ އަހަރަކުވެސް ބާއްވާ ސްޓާ ސްކްރީން އެވޯޑް މިއަހަރުވެސް ބާއްވައިފިއެވެ. މުމްބާއީގައި އާދީއްތަ ދުވަހު ބޭއްވުނު ސްޓާ ސްކްރީން ...

ވެންކޫވަރ ސައުތު އޭޝިއަން ފިލްމް ފެސްޓިވަލުގެ ޚާއްސަ މެހުމާނަކަށް ބޮލީވުޑްގެ ހުމާ ގުރެއިޝީ

“ވެންކޫވަރ އިންޓަރނޭޝަނަލް ސައުތު އޭޝިއަން ފިލްމް ފެސްޓިވަލް 2017” ގެ ޚާއްސަ މެހުމާނަކަށް އިންޑިއާގެ އެކްޓްރެސް ހުމާ ގުރެއިޝީ ...