އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައިސް ސާލިހު މިއަދު ގދ. މަޑަވެއްޔަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ކެމްޕޭން ޖަލްސާ ބާއްވަން އެރަށު ސްކޫލާއި ކައިރިމަގެއް ބަންދު ކޮށްގެން ތައްޔާރު ކޮށްފައި އޮތް ވަގުތީ ހަރުގޭގައި ރޭ ފަތިހު ބަޔަކު ހުޅުޖަހާ އަންދާލައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި  އެތަނުގައި އަލިފާން ރޯކޮށްލާފައިވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި މި ހާދިސާގައި ޖަލްސާ ބޭއްވުމަށް ހަދާފައިވާ ތަން އެކީ ވަނީ އަނދާފައެވެ. އޭގެ ތެރޭގައި ތަނުގައި ހުރި ޕޯޑިއަމާއި އަދި ޖަހާފައި ހުރި ގޮނޑިތައްވެސް ހިމެނެއެވެ. އެހެންމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މަޑަވެލި އެމްޑީޕީން ބުނެފައިވާގޮތުގައި ބަޔަކު ޖަލްސާ ބާއްވަން ހަމަޖެހިފައިވާ ތަން އަންދައި ގެއްލުންދީފައިވާތީ، ބައްދަލުވުން ޖެޓީ ސަރަޙައްދަށް ބަދަލުކޮށްފައިވާކަމަށެވެ.

މިފަދަ ނާތަހުޒީބު އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންތަކެއް ނޫން ކަމަށާއި، މިއީ ފިޑި އަމަލެއްގެ ގޮތުގައި އެމްޑީޕީ މަޑަވެލީ އެމްޑީޕީން ވަނީ ބުނެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި ...

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް މީދޫގައިި ފާހަގަ ކޮށްފި

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މީދޫ  އަވަށު އޮފީހާއި މީދޫގެ ކްލަބް ޖަމްއިއްޔާތަކާއި މީދޫގައި މަސައްކަތްކުރާ ވޮލަންޓިއަރުންގެ ...

ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުނާއި ކުޑަކުދީންނާ ބައްދަލުކުރަންވާނީ ރަގަޅަށް ފެންވަރާ އަތްދޮވެގެން – ޑރ. އަފަޒަލް

ގެއިން ބޭރުގައި އުޅެފައި ގެއަށް އަންނަ މީހުން ގޭގައި އުޅޭ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނާއި ބައްދަލުކުރަންވާނީ ރަގަޅަށް ...