ކްރޮސްރޯޑުން ގެއްލުނު ފަތުރުވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކްރޮސްރޯޑްސްގެ ސައި ލެގޫންގެ ވޯޓާވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މަޢުލޫމާތު އެމްއާރުސީސީއަށް ލިބިގެން، އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސަރޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށާފައެވެ.

ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:36 ހާއިރު، އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ވަނީ ފެނިފައެވެ.

އަދި، އެ މީހާގެ ހަށިގަނޑު، މިއަދު ހެނދުނު 09:47 ހާއިރު، އެމްއެންޑީއެފް ކޯސްޓްގާޑު ހާބަރ ކްރާފްޓަށް ނަގައި، މިހާރު ވަނީ ކްރޮސްރޯޑަށް ބާލާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެއިން އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެ

މާލެއިން އަނެއްކާވެސް އިތުރު 13 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...

އިތުރު 6 މީހަކު ކޮވިޑް 19 އިން ރަގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު ...

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ...