ސްޕެނިޝް ލަލީގާގައި ޑިޕޯޓިވޯ ލަކަރޫނިއާ ބައްދަލުކޮށް ރެއާލް މެޑްރިޑު ފަސޭހަކަމާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ޑިޕޯޓިވޯއާއި ބައްދަލުކޮށް ރެއާލް މޮޅުވެފައިވަނީ 7 ލަނޑު 1 ލަނޑުންނެވެ.

ރޭ ކުޅެވުނު  މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުހޯދީ  ޑިޕޯޓިވޯއިން ނެވެ.  މެޗުގެ 23 ވަނަ މިނެޓުގައި ލޫކަސް ޕެރޭޒް ދިން ބޯޅައަކުން ޑިޕޯޓިވޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޑްރިއަންއެވެ.

ޑިޕޯޓިވޯއިން ލީޑު ހޯދުމާއެކު ރެއާލްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، މެޗުގެ 32 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. މާސެލޯ ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނާޗޯއެވެ. އެ ލަނޑުގެ ކުރިން ވެސް ރެއާލުން ޑިޕޯޓިވޯގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައިވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދައިފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މާސެލޯ ދިން ބޯޅައަކުން ރެއާލުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ގެރެތު ބޭލްއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ރެއާލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ރެއާލުން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެ ލަނޑުތައް ރެއާލަށް ކާމިޔާބުކޮށްދިނީ ބޭލްއާއި މޮޑްރިޗްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި ނާޗޯއެވެ. އޭގެ ތެރެއިން ރޮނާލްޑޯ ވަނީ ރެއާލަށް ދެވަނަ ހާފުގެ ތެރޭގައި 3 ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރާއްޖޭގައި ފޭސްބުކް މެދުވެރިކޮށް ލަލީގާ ބެލޭނެ ގޮތް ހަދައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް ސްޕެނިޝް ލަލީގާގެ މެޗުތައް ދެއްކުމުގެ ރައިޓްސް ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ނެޓްވޯކް ...

ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނަށް

ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ ސެމީ ފައިނަލުގައި ފްރާންސް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޖަރުމަނުން ހޯދައިފިއެވެ. ...

ސްޕެނިޝް ސުޕަ ކަޕް: އެތުލެޓިކޯ ބަލިކޮށް ރެއާލުން ސުޕަ ކަޕްގެ ފައިނަލަށް

އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ގެ ފައިނަލަށް ރެއާލްމެޑްރިޑް ދަތުރުކޮށްފިއެވެ. ސައުދީ އަރަބިއްޔާގައި ކުޅުނު ފޯރިގަދަ ...