ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު 13:30 ގައި މިޓީމު ފުވައްމުލަކަށް ޒިޔާރަތްކުރުމުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އައީދީ އިންޓަނޭޝަނަލް ޓީމުގެ މިޒިޔާރަތަކީ ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ދައުވަތަކަށް ކުރާ ޒިޔާރަތެކެވެ.

މިދަތުރުގައި އައީދީ ޓީމުން ފުވައްމުލަކު ކްރިކެޓް އެކަޑަމީގެ ޓީމްތަކާއި އެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅޭނެއެވެ. އަދި ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނާއި މުހިންމު ތަންތަނަށް މި ޓީމު ޒިޔާރަތް ކުރާނެއެވެ. މިޓީމުގެ ޒިޔާރަތުން ފުވައްމުލަކުގެ ކްރިކެޓަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ފުވައްމުލަކު ކްރިކެޓް އެކަޑަމީއިން ދެކެއެވެ. އަދި މި ޓީމުގެ ޒިޔާރަތަށް އެންމެ ބޮޑު އެއްބާރުލުމެއް ދެމުން ގެންދަވާ ފުވައްމުލަކު ސިޓީ ކައުންސިލުން ދެކިވަޑައިގަންނަވާ ގޮތުގައި ބޭރުގެ މިފަދަ ޓީމްތަކުން ފުވައްމުލަކަށް ޒިޔާރަތް ކުރުމުން ފުވައްމުލަކުގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިސްތިހާރުވެ އެކަމުގެ އިގްތިސާދީ ފައިދާ ފުވައްމުލަކަށް ލިބިގެންދާނެއެވެ. އަދި ފުވައްމުލަކުގައި ގައުމީ ފެންވަރުގެ ކުޅިވަރު ކުޅުންތެރިން އުފެއްދުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ކައުންސިލުން އުއްމީދުކުރެއެވެ.

ފުވައްމުލަކަކީ މުޅި ރާއްޖެއިން ވެސް ކްރިކެޓުގެ ރޮގުން ހޮވާލެވޭ ރަށެކެވެ. އެގޮތުން މިހާރު ވެސް 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި ފުވައްމުލަކަށް ނިސްބަތްވާ 5 ކުޅުންތެރިން އެބަތިއްބެވެ. މީގެތެރެއިން 3 ކުޅުންތެރިންނަކީ ރަށުގައި ތިބެގެން ތަމްރީނުވަމުންދާ ކުޅުންތެރިންނެވެ. މީގެއިތުރުން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ފުވައްމުލަކުގެ 3 ކުޅުންތެރިން ހިމެނެއެވެ. ފުވައްމުލަކުގެ ކްރިކެޓް ކުޅުންތެރިންވަނީ އެންމެފަހުން މެލޭޝިއާގައި ބޭއްވުނު 19 އަހަރުން ދަށުގެ އޭޝިައަން ކަޕް ކޮލިފައިން ބުރުގައި އާއި ދުބާއީގައި ބޭއްވުނު 16 އަހަރުން ދަށުގެ އޭޝިއަން ކަޕްގެ ކޮލިފައިންގައި ވެސް ގައުމީ ޓީމަށް ކުޅެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު މެންދުރުފަހު ރާއްޖެ ވަޑައިގަންނަވަނީ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓު ...

އެޖެންޑާ19ގައި ރިސޯޓު މުވައްޒަފުންނަށް ދޭން ވައުދުވި މިންވަރު ދެން ލިބޭނެ: ފައްޔާޒު

19ވަނަ ރައްޔިތުން މަޖިލީހުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އިން ގެންގުޅުނު “އެޖެންޑާ19” ގައި ރިސޯޓު މުވައްޒަފުންނަށް ...

ޖުމްލަ 36 ރިސޯޓެއްގައި ވޯޓުފޮށި ބަހައްޓަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިތުރު 29 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއިއެކު ވޯޓު ...