ތިލައުތުރު އެވޯޑް ދޭ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ނަޝީދު

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ މިރޭ ބާއްވަން ނިންމާފައިވާއިރު، އެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު ކަމަށް ހއ. އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވުމަށް ނަޝީދު ހއ. އަތޮޅުގެ ވެރިރަށް ދިއްދޫ އަށް ވަޑައިގަތީ މިއަދު ހަވީރުއެވެ. ނަޝީދަށް އެރަށުން މަރުޙަބާ ދެންނެވީ ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަޙީދާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި، ނައިބު ރައީސް، އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙްގެ އިތުރުން އަތޮޅު ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންނާއި، ދިއްދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ. މީގެ އިތުރުން ދިއްދޫގެ އާންމު ރައްޔިތުންގެ ބަޔަކު ވެސް ނަޝީދަށް މަރުޙަބާ ކިޔަން ނުކުތެވެ.

ނަޝީދު ދިއްދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ – ފޮޓޯ: ހއ. އަތޮޅު ކައުންސިލް

ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ސަބާހް މިރޭ ”ތިލަދުން” އަށް ވިދާޅުވީ، މިރޭ އޮންނަ ހއ. އަތޮޅު ކައުންސިލްގެ “ތިލައުތުރު އެވޯޑް 2023” ދޭ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާނީ ނަޝީދު ކަމަށެވެ. އަދި މިޖަލްސާ ޝަރަފްވެރިކޮށް ދެއްވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ވެސް ދައުވަތު އެރުވިކަމަށް އޭނާ ވިދާޅުވިއެވެ.

ތިލައުތުރު އެވޯޑަކީ އެކިދާއިރާތަކުން ފާހަގަކުރެވޭފަދަ އަގުހުރި ޚިދްމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އަދި މި ނޫނަސް ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދްމަތްތަކެއް އެ އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، އެ އަތޮޅުގެ ސްކޫލް، މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، އެ އަތޮޅަށް އެންމެ ޚިދްމަތްތެރި ރިޒޯޓާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާއި، ކްލަބު ޖަމްޢިއްޔާތަކުގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެ އަތޮޅު ކައުންސިލުން ދިނުމަށް ނިންމާފައިވާ އެވޯޑެކެވެ.

މި އެވޯޑު ދިނުމުގެ ޖަލްސާ ފަށާނީ މިރޭ 20:30 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީ މީދޫ: އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެ

އައްޑޫ ސިޓީ މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން ޖިއޯބޭގް ޖެހުމަށް ކުރީން ހަމަޖެހިފައިވާ ސަރަހައްދަށްވުރެ ...

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތިން ކުޅުންތެރިއަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ހެދުމުގެ ފުރުސަތު ލިބިއްޖެ

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަހާ ގުޅިގެން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތިން ކުޅުންތެރިއަކަށް ރާއްޖެއިން ބޭރުގައި ޓްރެއިނިން ...

ޑރ. މަޖީދު އަވަހާރަވެއްޖެ

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ އިޚްތިރާމާއި ލޯބި ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަންވެސް ...