އައްޑޫސިޓީ މީދޫ: އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެ

އައްޑޫ ސިޓީ މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން ޖިއޯބޭގް ޖެހުމަށް ކުރީން ހަމަޖެހިފައިވާ ސަރަހައްދަށްވުރެ އިތުރު 30 މީޓަރުގައި ޖިއޯބޭގް ޖެހުމަށް ހަމަޖެހިއްޖެވެ.   

މައުލޫމާތު ލިބިފައިވާގޮތުގައި މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  ދަށުން މަސައްކަތް ފެށީ 210 މީޓަރުގައި ޖިއޯބޭގް ޖެހުމަށެވެ. އެހެންނަމަވެސް އެސަރަހައްދުގެ ގޮޑު ދޮށުން ގިރަމުންދާ ސަރަހައްދު އިތުރަށް ބޮޑުވެފައިވާތީ މީދޫ އަވަށު އޮފީހުން އެކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދިނުމުން އިތުރު 30 މީޓަރުގެ ސަރަހައްދެއްގައި  ބޭގް ޖެހުމަށް އެމްޓީސީސީން މިހާރުވަނީ ނިންމާފައެވެ.  

މީދޫ ކަޅިބިއްފަރާތު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ  މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު އެރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.

މީދޫ އަކީ ވަރަށް ބޮޑަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ރަށެކެވެ.

މިމަސައްކަތް އެމްޓީސީސީން ފަށާފައިވަނީ 3 އެޕްރީލް 2021 ވަނަ ދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ ކޮވިޑް ބަލި މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ހާލު ދެރަވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން، ރޭ ...

މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ފަށައިފި

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ކަޅިބިތްފަރާތު ގޮޑުދޮށުން ގިރަމުންދާ ސަރަހައްދުގައި އެމްޓީސީސީން ޖިއޯ ބޭގް ރިވެޓްމަންޓް ...

ނަޝީދަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭނެކަން އަމިއްލަފުޅަށް އެއްބަސްވި: ޑރ. ޝައިނީ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަ ނުކުރެއްވޭނެ ކަމަށް ބައިނަލް އަގްވާމީ ފަރާތްތަކުގެ ...