މަޖިލީހުގެ ނައިބު އީވާގެ އިތުބާރުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.

އެ މައްސަލަ މިއަދު ފާސްކޮށްފައިވަނީ ޕީޖީ ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ.

ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ.

ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުމެއްގެ ސަބަބުން ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި، އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާއިރު، މިކަން އެންމެބޮޑަށް ފެނިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމަރީގައެވެ.

އެގޮތުން ރައީސް ސާލިހަށް ތާއީދު ކުރައްވާ މެމްބަރުންނާއި ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު އެތައް ހަމަލާތަކެއް ބަދަލުކުރެވުނުއިރު، ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ “ފިކުރެއްގެ ދިރުން” ނަމުގައި ފެކްޝަނެއް ހަދާފައެވެ.

އޭގެފަހުން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތައް މަގާމުތަކުން ވަކިކުރަން ވަނީ ފަށާފައެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާއެކު ރައީސް ނަޝީދު ފެކްޝަން “ފިކުރެއްގެ ދިރުން” އަށް ނިސްބަތްވާ 12 މެންބަރުން ވަނީ އެމްޑީޕީ އިން ވަކިވެފައެވެ.

“ފިކުރެއްގެ ދިރުން” ފެކްޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވެފައިވަނީ ޕާޓީން ވަކިވި ނަމަވެސް އަމިއްލައަށް ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަން މުހިންމު ނޫން ކަމަށާއި މަގާމު ދިފާއު ކުރައްވަން ވެސް ނޫޅުއްވާނެ ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުރިއަށް އޮތް 48 ގަޑިއިރުގެތެރޭގައި ރާއްޖެ އަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އިރުން، ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއް މަޑުމަޑުން ހުޅަނގަށް ޖެހެމުންދާކަމަށް ލަފާކުރެވޭ ކަމުގައި ރާއްޖޭގެ މޫސުމާއި ...

ރައީސް މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ފުށިދިއްގަރުފަޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށަނީ

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ޙައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދިޔުމަށް އިޢުލާނު ކޮށްފައިވާ ފުށިދިއްގަރު ...

ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގައިފި

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގަން ފަށައިފިއެވެ. ދިއްދޫގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންދާތީ ...