ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގައިފި

ކޮވިޑް-19އާ ގުޅިގެން ހއ. ދިއްދޫގައި ސްކޫލްތައް ބަންދުކޮށް، ކާފިއު ހިންގަން ފަށައިފިއެވެ.

ދިއްދޫގައި ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންދާތީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންވަނީ އެރަށަށް އަރާ ފޭބުންވެސް ވަނީ މަނާ ކޮށްފައެެވެ.

އެރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، އެރަށުގައި ކޮވިޑް ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިންގްއަށް ލާފައި ވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ކޮވިޑް ދިއްދޫ ޓާސްކް ފޯސް އިން ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ.

އެގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއު ވަގުތުކަމަށް ހަމަޖައްސާފައި ވެއެވެ. އެއާއެކު އެވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު، ހުއްދަ ދީފައިވާ އެއްގަމު އުޅަނދުފަހަރު ފިޔަވާ އެހެން އުޅަނދުތައް ދުއްވުން މަނާ ވާނެ އެވެ.

އޭގެ އިތުރުން ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަން ކުދިން ހާޒިރުކޮށްގެން ކިޔަވާދިނުން ހުއްޓާލަން ކައުންސިލުން އަންގާފައިވާއިރު، ސްކޫލް ފަދަ ތަންތަނުގައި ގްރޭޑް 7 އިން ދަށުގެ ކުދިން ހާޒިރުކޮށްގެން ކިޔަަވައި ދިނުން ހުއްޓާލަން އަންގާފައި ވެއެވެ.

އަދި މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައި އެއްވެ ނޫޅުމާއި، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްްޓުމައި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ ތެރޭގައި ގައިދުރުކަން ބެހެއްޓުމާއި، ސެލޫންތަކާއި ބޯކޮށާ ތަންތަން ރޭގަނޑު 9:00 އަށް ބަންދު ކުރުމާއި، ފިހާރަތަކާއި ވިޔަފާރި ކުރާ އެހެނިހެން ތަންތަންވެސް ރޭގަނޑު 9:00ގެ ފަހުން ބަންދުކޮށް ރޭގަނޑު 10:00 އާ ހަމައަށް ޑެލިވަރީ ހިދުމަތް ދިނުމާއި، ހޮޓާ ރެސްޓޯރެންޓްތައްވެސް ރޭގަނޑު 9:00 އަށް ބަންދުކޮށް، 9:00 އިން 12:00 އަށް ޑެލިވަރީ ހިދުމަތް ދިނުން ހިމެނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮލިސް އެކެޑަމީގެ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ކުރެވޭނެ ގޮތް ހަދާނަން: ރައީސް ނަޝީދު

އައްޑޫ ސިޓީ ހިތަދޫގައި  އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކެޑަމީ ހިންގާ ބޯޑުގައި އައްޑޫ ސިޓީ ކައުންސިލަށް ތަމްސީލު ...

މީދޫގައި ކާޅު މެރުމުގެ މަސައްކަތް ފަށައިފި

މީދޫގައި އުޅެމުންދާ ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްކުރުމަށް    ކާޅުތަކަށް  ބަޑި ޖަހައި މެރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ. ...

ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހުޅުދޫ  ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ. ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި  މިހާރު ...