ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފި

އިންޓަރނޭޝަނަލް ނުވަ މުބާރާތާއެކު މިއަހަރުގެ ވޮލީބޯޅަ ކަލަންޑަރު އެކުލަވާލައިފިއެވެ.

އިންޓަރނޭޝަނަލް މުބާރާތްތަކުގެ ތެރޭގައި މާރޗްމަހު ރާއްޖޭގައި ބާއްވާ 19 އަހަރުން ދަށުގެ އޭވީސީ ބީޗްވޮލީބޯޅަ މުބާރާތް ހިމެނެއެވެ. އޭގެއިތުރުން ވޮލީބޯޅަ ޓުއަރތައްވެސް ހިމެނެއެވެ. ސެންޓްރަލް ޒޯން މުބާރާތުގެ ފިރިހެން ޑިވިޝަން އޮންނާނީ އޭޕްރީލް މަހު ބަނގްލަދޭޝްގައެވެ. އަންހެން މުބާރާތް އޮންނާނެ ތާރީޚް ކަނޑައެޅިފައި ނެތްނަމަވެސް އެމުބާރާތް އޮންނާނީ ނޭޕާލްގައެވެ. މީގެއިތުރުން ކިރްގިސްތާންގައި އޮންނަ އިންވިޓޭޝަން މުބާރާތެއްގައިވެސް ރާއްޖެ ވާދަކުރާނެއެވެ. އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިޔާގައި އޮންނަ އޭޝިޔަން ގޭމްސްގައިވެސް ވޮލީބޯޅަ ހިމެނެއެވެ.

ވޮލީބޯޅަ ސީޒަން ފަށާނީ އަންނަ މަހު ފަހުކޮޅު ބާއްވާ އިންޓަރ ސްކޫލް ވޮލީބޯޅަ ފެސްޓިވަލްއިންނެވެ. އިންޓަރސްކޫލް މުބާރާތާއި، އިންޓަރ އޮފީސް ކުންފުނި މުބާރާތްވެސް ވަނީ ތާވަލްކޮށްފައެވެ. އެންމެ ބޮޑު މުބާރާތްކަމަށްވާ ރިސޯރޓް މުބާރާތް ތާވަލްކޮށްފައިވަނީ ޖުލައި މަހަށެވެ. މިދިޔަ އަހަރުވެސް ބާއްވަން މަސައްކަތްކުރި ޒޯން ލީގު އަތޮޅު މުބާރާތް ވަނީ ނޮވެމްބަރު މަހަށް ތާވަލްކޮށްފައެވެ. ޤައުމީ ލީގާއި، ޤައުމީ މުބާރާތް ތާވަލްކޮށްފައިވަނީ އޮކްޓޯބަރު މަހަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީގައި ކޮސްޓަ ރީކާ ކޮޅަށް ސްޕެއިނުން ހަތް ލަނޑު ޖަހައިފިއެވެ. ...

ޗައިނާގެ ކްރިކެޓް ޓީމެއް ފުވައްމުލަކުގައި

ޗައިނާގެ ބެއިޖިންގެ އައީދީ އިންޓަނޭޝަނަލް ސްކޫލުގެ 14 އަހަރުންދަށުގެ ކްރިކެޓް ޓީމެއް މިއަދު ފުވައްމުލަކަށް ޒިޔާރަތްކޮށްފިއެވެ. މިއަދު މެންދުރުފަހު ...

ޔޫތުޗެލެންޖް ކަޕް 2020- ގްރޫޕް އޭގެ 1 ވަނަ ޓީމްގެ ގޮތުގައި ކްލަސްޓާ އެފްސީ ސެމީފައިނަލަށް

” ޔޫތުޗެލެންޖް ކަޕް 2020 ” ގައި މިއަދު ހަވީރު ކުޅެވުނު މެޗް ކްލަސްޓާ އެފްސީ ކާމިޔާބުކޮށް ގްރޫޕް ...