ފެނާންޑޭސްގެ ދެގޯލާއެކު އުރުގުއޭ ބަލިކޮށް ޕޯޗުގަލް ވެސް ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕުގައި ބުރޫނޯ ފެނާންޑޭޒްގެ ދެގޯލުން އުރުގުއޭ ބަލިކޮށް މިފަހަރުގެ ވޯލްޑް ކަޕުގެ ދެވަނަ ބުރުގެ ޖާގައެއް ޕޯޗުގަލުން ވެސް ޔަގީންކޮށްފި އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި އުރުގުއޭގެ މައްޗަށް ޕޯޗުގަލުން ކުރި ހޯދީ 2 – 0 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ދެއްކި ޕޯޗުގަލުން ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް އުފައްދާފައިވެއެވެ. އަދި އުރުގުއޭއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ.

ބުރޫނޯ ފެނާންޑޭޒް މިމެޗްގައި ކާމިޔާބުކުރި ދެގޯލާ އެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑްކަޕުގައި ދެގޯލާ ދެ އެސިސްޓް ކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. 1966 ވަނަ ހޯސޭ އޮގަސްޓޯއާއި ޓޮރެސް އެރެކޯޑް ހެދިފަހުން ރޭ މިވަަނީ ފަނާންޑޭޒް އެރެކޯޑް ހަދާފަ އެވެ.

މި މެޗުގެ ފުރަތަމަ ހާފު 0 – 0 ން އެއްވަރުވެގެން ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ބުރޫނޯ ފެނާންޑޭޒް ޕޯޗްގަލްއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައިވަނީ 54 ވަނަ މިނެޓުގައެވެ. އަދި މެޗުގެ އިތުރުވަގުތުގެ 3 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިމެޗްގައި ޕޯޗްގަލްއިން ކާމޔާބުކުރި ދެވަނަ ލަނޑުވެސް ކާމިޔާބުކުރީ ބުރޫނޯ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަދަހިކަޕް ނެޓްބޯޅަ މުބާރާތް: ޗެމްޕިއަން އެޗް.އެމް.ޕީ.އާރް.ސީ – އެންމެ މޮޅު ކުޅުންތެރިއަކަށް ރަބާބު

މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން މީދޫގައި ބޭއްވި ” އެމްއީސީ ބަދަހިކަޕް ” ނެޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން  ހުޅުމީދޫ ...

ފޭދޫސްކޫލްގެ މައްޗަށް ހުޅުދޫސްކޫލް ކާމިޔާބު ހޯދައިފި

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ހުޅުދޫ ސްކޫލް ކުޅުނު ދެވަނަމެޗް ...

ޗެމްޕިއަންސް ލީގުގެ މެޗްތައް މިރޭ ފަށަނީ

ޗެމްޕިއަންސް ލީގުގެ މެޗްތައް މިރޭ ފެށޭނެއެވެ. 32 ޓީމް ވާދަކުރާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ފެށުމަށް ...