ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް ރާއްޖޭގެ އިގުތިސާދު އަނބުރާ ރުޖޫއަވެއްޖެ ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ އައިއެމްއެފްގެ ސްޓާފް ވިޒިޓަށް ފަހު ނެރެފައިވާ ޕްރެސް ރިލީޒްގައި ފާހަގަކޮށްފައިވާ ގޮތަށް ރާއްޖޭގެ އިގުތިސާދު ދަނީ ބާރަށް ކުރިއަރަމުން ކަމަށެވެ. އަދި މިއީ ކޮވިޑް ގެ ބަލިމަޑުކަމުން އަރައިގަތުމަށް އެޅި ހާލަތާ ބައްދަލު ފިޔަވަޅުތަކާއި ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ނަތީޖާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދިވެހި އިޤްތިޞާދު މިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން އޮތް ހިސާބަށް އަނބުރާ ރުޖޫއަވެފައި ކަމަށެވެ.

“2022 ވަނައަހަރަށް އަޅުގަނޑުމެން އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިން މިހާރު ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ. މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭ.” އަމީރު ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙްގެ އިޤްތިޞާދީ ސިޔާސަތަށް ތަޢުރީފު ކުރަށްވަމުން އަމީރު ވިދާޅުވީ އިޤްތިސާދީ މި ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަންޖެހޭ ނިންމުންތައް ރައީސް ނިންމަވަނީ އޭގެން ސިޔާސީ މަންފާއެއް ހޯއްދަވަން ނޫންކަމަށެވެ. އަދި ރައީސް އަބަދުވެސް އިސްކުރައްވަނީ ޤައުމާއި ދިވެހި ރައްޔިތުންގެ ލާބައާއި މަންފާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

އަވަށްޓެރި ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތަށް އަލިއަޅުއްވާ ލައްވަމުން އަމީރު ވިދާޅުވީ ކައިރި ޤައުމުތަކުން ފެނިގެންދާ ހަޤީޤަތަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތުގައި އިޤްތިސާދީ ސިޔާސަތުތައް “ކޮމްޕްރޮމައިޒް” ކުރުން ކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑުގެ ދެވަނަ ރާޅެއްގެ ބިރު: ބަލިފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ ވަރަށް މުހިއްމު

މުޅި ދުނިޔޭގައި ހުއްޓުމެއްނެތި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ނުރައްކާ ރާއްޖެއަށްވެސް މިވަނީ އަނެއްކާވެސް ބޮޑުވެފައެެވެ. މިހާތަނަށްއައިއިރުވެސް އެއްވެސް ފަރުވާއެއް ...

ހުޅުދޫއާއި މީދުން އިއްޔެ އިތުރު 7 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫއާއި މީދުން އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މީދުން ޕޮޒިޓިވްވި 3 މީހަކާއި ...

ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފި

ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވާން ފަށައިފިއެވެ. މިމަސައްކަތާއިބެހޭ މައުލޫމާތު ހާމަކުރަމުން، ...