ވޯލްޑްކަޕް ބަލާލުމަށް ކެފޭ ރޮކްފޯޑްގައި އުރީދޫގެ ފޭން ޒޯނެއް

އުރީދޫގެ ފޭން ޒޯނެއް މީދޫގައި ހުޅުވައިފި އެވެ. ކެފޭ ރޮކް ފޯޑްގައި ހެދި މި ފޭން ޒޯން އަކީ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާރުގެ މެޗްތައް ބަލަން ބޭނުންވާ ފަރާތްތައް ފަސޭހަކަކާއެކު ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ހެދި ފޭން ޒޯނެކެވެ.

އުރީދޫ މޯލްޑިވްސްއިން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް ވަނީ އިފްތިތާހްކޮށްފަ އެވެ.

އުރީދޫން ބުނި ގޮތުގައި ފޭން ޒޯންތައް ހެދީ މީޑިއާނެޓް، އެމްއައިބީ، އެލައިޑް އިންޝުއަރެންސް، މާލެ ސިޓީ ކައުންސިލް، ބޮޑެތި ކެފޭތައް, ރަށު ކައުންސިލް އަދި ޒުވާނުން ޖަމިއްޔާތަކާ ގުޅިގެންނެވެ.

އުރީދޫ ފޭން ޒޯންތަކުގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ ހާއްސަ އޮފާތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މެޗުތައް ބަލާލުމަށް ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް 100 ޖީބީ ޑޭޓާގެ އިތުރުން މީޑިއާނެޓް އެޕަށް ހިލޭ 30 ދުވަހުގެ ސަބްސްކްރިޕްޝަން އެންމެ 250 ރުފިޔާއަށް ހޯދޭނެ އެވެ.

މީގެ އިތުރުން ދިވެހި އުފެއްދުމެއް ކަމަށްވާ ގޯލާ އެޕްގައި ހުޅުވާލެވިފައިވާ އުރީދޫ ފުޓްބޯލް ފޯރީ ލީގުގައި ބައިވެރިވެ، ސީގިޔާ އަދި ކްރޮސްރޯޑްސް މޯލްޑިވްސް އިން ހުށަހަޅާފައިވާ އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން އުރީދޫއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކޮށް އިތުރު ފުރުސަތުތަކާއި ތަޖުރިބާ ފަހި ކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

” އައިއެސްއޭ ސްޓްރީޓް ކަޕް 2018″ ގެ ޗެމްޕިއަންކަން ހިރިގާ ހޯދައިފި

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުން 21 ވަނަ ދުވަހަށް  ” އައިއެސްއޭ ...

އެއިލެންޑް އެފްސީއަތުން ބޮޑުތަފާތަކުން ގައުމު އެފްސީ މޮޅުވެއްޖެ

އިއްޔެ ހަވީރު ހުޅުދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މިނިވަންކަޕް ފުޓްސަލް މުބާރާތުގެ މެޗު ބޮޑުތަފާތަކުން ގައުމު އެފްސި ކާމިޔާބު ...