” އައިއެސްއޭ ސްޓްރީޓް ކަޕް 2018″ ގެ ޗެމްޕިއަންކަން ހިރިގާ ހޯދައިފި

ފިތުރު އީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުން 21 ވަނަ ދުވަހަށް  ” އައިއެސްއޭ ސްޓްރީޓް ކަޕް 2018 ” ގެ ނަމުގައި މީދޫ ފުޓްސަލް ދަނޑުގައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަކަންކަން ހިރިގާ ހޯދައިފިއެވެ.

ހިރިގާ މިމުބާރާތުގެ ޗެމްޕިއަން     ކަން ހޯދީ ފައިނަލްގައި ބްރަދާސް ޔުނައިޓެޑް 4 ލަނޑު 1 ލަނޑުން ދެރަކޮށްފައެވެ.

ފައިނަލްމެޗްގައި ހިރިގާ ޓީމުން ކާމިޔާބުކުރި 4 ލަނޑުގެ ތެރެއިން 2 ލަނޑު ކާމިޔާބުކޮށްދީފައިވަނީ މައުޝޫގެވެ. އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ އިންމައާއި އަޒުހަރެވެ.

ފައިނަލްމެޗްގައި ބްރަދާސް ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ސަމީނެވެ.ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނުވެ.

ފައިނަލްމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މައުޝޫގަށް އިނާމު ހަވާލްކޮށްދެއްވީ އިމާދު ސޯލިހެވެ.

މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީންގެ ގޮތުގައި ހޮވިފައިވަނީ މުހައްމަދު ސަމީނު ، އަލީ ލިރުއާމް ، މުހައްމަދު އިންޝާލް އަދި އަބްދުﷲ އިމްރާނެވެ.

މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީންނަށް ހަނދާނީ ލިއުމާއި ޓްރޮފީ ހަވާލްކޮށްދެއްވީ އައްޝެއިޚް އަބްދުﷲ ހާނީއެވެ.

މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް އަހުމަދު ވިޝާހު ވަސީމު ހޮވިފައިވާއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އަޚުންޓީމުގެ ރަޔަންއެވެ. މިމުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިއަކަށް ސަހާފް ހޮވިފައިވާއިރު ފެއަރޕްލޭޓީމަކަށް ހޮވިފައިވަނީ އަޚުންޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަންޓީމަށާ ރަނައަޕްޓީމަށް ހަނދާނީ ލިއުމާއި ޓްރޮފީ ހަވާލްކޮށްދެއްވީ ފައިނަލްމެޗްގެ ޝަރަފްވެރި މެހުމާނު ޑޮކްޓަރ އަބްދުﷲ އަފީފެވެ.

މިމުބާރާތުގައި ރެފްރީކަންކޮށްދެއްވި އަބްދުﷲ ސައީދަށާ ހަސަންދީދީއަށް އަދި އިސްމާއީލްއަށް ހަނދާނީލިއުން ހަވާލްކޮށްދެއްވީ އިމާދު ސޯލިހެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދާދުގެ 4 ލަނޑާއެކު އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި

އޭޝިއަން ކަޕް ކޮލިފައިންގެ ފަހު މެޗްގައި ބޫޓާނާއި ދެކޮޅަށް ރޭ ރާއްޖޭގެ ގައުމީޓީމު ކުޅުނު މެޗް 7 ލަނޑު ...

ޗޭނު ޖަމްއިއްޔާގެ ބަދަހިކަޕް: ގުރުއަތުލުން ނަގައިފި

މީދޫ ޗޭނު ޖަމްއިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ އަންހެނުންގެ ނެޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ނަގައިފި އެވެ. 5 ޓީމަކުން ބައިވެރިވެފައިވާ ...

ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ވޮލީޓީމް ވަކިވެއްޖެ

ސަދަން ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށް ގެންދާ ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ...