އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – އެމްޓީސީސީ ބަލިކޮށް ފެނަކަ ފައިނަލަށް

މިހާރު ހުޅުދޫގައި ކުޅެވެމުންދާ އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ފުރަތަމަމެޗް ކާމިޔާބުކޮށް ޓީމްފެނަކަ ފައިނަލަށް ދަތުރުކޮށްފިއެވެ.

 ޓީމް ފެނަކަ މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު ކްލަބް އެމްޓީސީސީއާއި ބައްދަލުކޮށް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅެވުނު  ފޯރިގަދަ އަދި އެހާމެ ވާދަވެރިމެޗް ފެނަކަ ކާމިޔާބުކޮށްފައިވަނީ 20 ޕޮޓް 18 ޕޮޓުންނެވެ.

އެމްޓީސީސީގެ ޓީމް

މިމެޗްގެ ފުރަތަމަ ކުއާޓާ ނިމުނު އިރު 6 ޕޮޓް 4 ޕޮޓުން އެމްޓީސީސީ ކުރި ހޯދާފައިވީނަމަވެސް ދެވަނަ ކުއާޓާގެ ކުޅުން ނިމުނުއިރު 10 ޕޮޓު 10 ޕޮޓުން ދެޓީމް ވަނީ އެއްވަރުވެފައެވެ. އަދި ތިންވަނަ ކުއާޓާ ނިމުނުއިރު 15 ޕޮޓު 13 ޕޮޓުން ކުރިހޯދާފައިވަނީ ފެނަކައެވެ.

މިމެޗްގެ ފަހުކުއާޓާގެ ކުޅުން ފަށައިގެން އެމްޓީސީސީން 15 ޕޮޓު 15 ޕޮޓުން ސްކޯ އެއްވަރުކޮށް އަދި 18 ޕޮޓު 17 ޕޮޓުން މެޗްގެ ލީޑްވެސް ހޯދިއެވެ. އެހެން ނަމަވެސް މިކުއާޓާ ނިމުމުގެ ކުރީން ފެނަކައިން އެމްޓީސީސީއަށް އިތުރު ޕޮޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ނުދީ ފެނަކައިން އިތުރު 3 ޕޮޓް ކާމިޔާބުކޮށް 20 ޕޮޓު 18 ޕޮޓުން މެޗް ކާމިޔާބުކޮށް މިމުބާރާތުގެ ފައިނަލުންވަނީ ޖާގަ ހޯދާފައެވެ.

އިއްޔެ މެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދި ސަވާ – ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެނަކަޓީމްގެ އާއިޝަތު ސަވާއެވެ.

މިމެޗްގެ ކުޅުން ނިމުމުން އަމްޕަޔަރުންގެ ބައެއް ނިމްމުންތަކާއި މެދު ހިތްހަމަ ނުޖެހިގެން އެމްޓީސީސީގެ އޮފިޝަލުންނާއި ކުޅުންތެރީން އޮފިޝަލުންގެ މޭޒުކައިރިއަށް ގޮސް ވަރަށްބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެވަގުތު ފުލުހުން އޮފިޝަލުންގެ މޭޒުކައިރިއަށް ގޮސް އެއްވެސް ހަމަ ނުޖެހުމެއް ހިގިޔަ ނުދިނުމަށް މަސައްކަތްކޮށްފައިވެއެވެ.

ފެނަކައާއި އެމްޓީސީއަކީ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނު ދެޓީމެވެ. މިދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް 23 ޕޮޓު 24 ޕޮޓުން ކާމިޔާބުކޮށްފައިވަނީ އެމްޓީސީސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ ޕޮޒިޓިވް ވީ 83 މީހުން، އޭގެ ތެރޭގައި 61 ދިވެހިން

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 83 މީހުންކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން އާންމު ކުރި ...

ދައުރު ނިމުމުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ރައީސް ހުށަހަޅުއްވައިފި

މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގައި ބާއްވާނެ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ...

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވެއްޖެ

ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް  އަށްޕޮޒިޓިވްވެއްޖެ އެވެ. އުމުރުން 19 އަހަރުގެ ...