އިއްޔެ ޕޮޒިޓިވް ވީ 83 މީހުން، އޭގެ ތެރޭގައި 61 ދިވެހިން

ރާއްޖެއިން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވީ 83 މީހުންކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ވާގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި، 22 ބިދޭސީންނެވެ.

ކޮވިޑް ޖެހިގެން އަތޮޅު ތެރެއިން މިއަދު ރިޕޯޓު ކުރީ އެންމެ މީހެކެވެ. ޕޮޒިޓިވް ވި 82 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު 8،667 މީހުންގެ ތެރެއިން 6،052 މީހުން ބަލިން ރަނގަޅު ވިއިރު މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،580 މީހުންނެވެ.

ކޮވިޑް-19 ގައި ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވިފައި މިވަގުތު ތިބީ 142 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން މިހާތަނަށް މަރުވީ 29 މީހެކެވެ.

ނިމިދިޔަ އޯގަސްޓު މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން މައްޗަށް ގޮސްފަ އެވެ. މީގެ ދެދުވަހެއް ކުރިން ކޮވިޑް ނަމްބަރު 100 އިން ދަށަށް ވެއްޓިފައި ވާއިރު، އެޗްޕީއޭއިން ލަފާކުރާ ގޮތުގައި މިމަހު ފަހުކޮޅުން ފެށިގެން ނަމްބަރުތައް މިއަށްވުރެއްވެސް ދަށަށް ވެއްޓޭނެ އެވެ.

އެހެންނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރެވޭނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް އާންމުން ބޯލަނބައިގެން ކަމަށް ހެލްތު އެކްސްޕާޓު ޑރ. ޝީނާ މޫސާ ވިދާޅުވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދު ފެސްޓިވަލް 2022: ރޭ ބޭއްވުނު މިއުޒިކް ޝޯވއިން މީދޫގައި ބޭއްވުނު ކުޅިވަރުތައް ނިންމާލައިފި  

އައްޑޫސިޓީ މީދޫގައި އައްޑޫ އީދޫ ފެސްޓިވަލް 2022 ނަމުގައި  މި އަހަރުގެ ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަކުރަން ...

އައްޑޫގައި ޢާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭނެ ގަޑިތައް ކަނޑައަޅާ ޚިދުމަތް ދިނުމާބެހޭ ގަވާއިދެއް އާއްމުކޮށްފި

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން    އައްޑޫސިޓީ ...

ސަރުކާރުގެ 8 ކުންފުނީގެ އެމްޑީގެ މަޤާމަށް އަންހެނުން

އައު ސަރުކާރުގައި މަދުވެގެން 8 ކުންފުނީގެ އެންމެ މަތީ މަޤާމަށް ވަޑައިގަންނަވާނީ އަންހެނުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު ...