އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް – މިފްކޯ ކަޓުވާލުމަށްފަހު ހުޅުދޫ ޔޫތު ފައިނަލަށް  

އައްޑޫ ރަސްރަނި ނެޓްބޯޅަ މުބާރާތުގައި ސެމީފައިނަލްގެ ދެވަނަމެޗް ކާމިޔާބުކޮށް ހުޅުދޫ ޔޫތު ފައިނަލަށް ދަތުރުކޮށްފިއެވެ.

ހުޅުދޫ ޔޫތު މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދީ އިއްޔެ ހަވީރު މިފްކޯއާއި  ބައްދަލުކޮށް ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅެވުނު  މިމެޗް ހުޅުދޫ ޔޫތުން ކާމިޔާބުކޮށްފައިވަނީ  27 ޕޮޓް 24 ޕޮޓުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މިމެޗު ހުޅުދޫ ޔޫތު ކާމިޔާބުކުރިއިރު މިމެޗުގެ ކުއީން އޮފް ދަ މެޗަށް ހޮވުނީ ހުޅުދޫ ޔޫތުގެ ގޯލް އެޓޭކް މަޝްޝޫދާ ޒާހިރެވެ.

އިއްޔެގެމެޗްގެ މޮޅު ކުޅުންތެރިޔާ މަޝްޝޫދާ

މިމެޗްގެ ފުރަތަމަ ކުއާޓާ ނިމުނު އިރު 6 ޕޮޓް 7 ޕޮޓުން މިފްކޯ ކުރި ހޯދާފައިވީނަމަވެސް ދެވަނަ ކުއާޓާގެ ކުޅުން ނިމުނުއިރު 14 ޕޮޓު 13 ޕޮޓުން ކުރި ހޯދާފައިވަނީ ޔޫތެވެ.  އަދި ތިންވަނަ ކުއާޓާ ނިމުނުއިރު 24 ޕޮޓު 16 ޕޮޓުން ކުރިހޯދާފައިވަނީ ވެސް ޔޫތެވެ.  

މިމެޗްގެ ފަހުކުއާޓާގެ ކުޅުން ނިމުނުއިރު  27 ޕޮޓު 24 ޕޮޓުން ކުރިހޯދައިގެން  މިމުބާރާތުގެ ފައިނަލްގައި ވާދަކުރާ ދެވަނަޓީމަކަށް ހުޅުދޫ ޔޫތު ވަނީ ހޮވިފައެވެ.

ހުޅުދޫ ޔޫތާއި މިފްކޯއަކީ މިމުބާރާތުގެ ގްރޫޕް ބީގައި ހިމެނުނު ދެޓީމްކަމަށް ވުމުން މިމުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައިވަނީ މިދެޓީމެވެ.

އިއްޔެ ކުޅެވުނު މެޗްގެ ތެރެއިން

 އެމެޗް 38 ޕޮޓް 26 ޕޮޓުގެ ބޮޑުތަފާތަކުން ކާމިޔާބުކޮށްފައިވަނީ މިފްކޯ އެވެ. އެހެންނަމަވެސް އިއްޔެ ކުޅެވުނު މިމެޗްގައި މިފްކޯގެ ކުޅުންތެރީންގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިފައިނުވާއިރު އިއްޔެގެ މެޗްގައި މިފްކޯގެ ގޯލް ޑިފެންސަކަށް ކުޅެމުން އައި ޒައިނީއަށް އަނިޔާވެގެން ޒައިނީގެ ބަދަލުގައި އެމަގާމަށް ކުޅެން އެރުވި ކުޅުންތެރިޔާއަށް ޔޫތުގެ ގޯލް ޝޫޓާއަކަށް ކުޅުނު ކުޅުންތެރިޔާ ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ހުޅުދޫ ޔޫތާއި ޓީމް ފެނަކަ ބައްދަލުކުރާ މިމުބާރާތުގެ ފައިނަލްމެޗްގެ ކުޅުން ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 20 ވަނަ ދުވަހު ހަވީރުއެވެ.  

މިމުބާރާތަކީ ޗެމްޕިއަން ޓީމަށް 10 ހާސް ރުފިޔާ ރަނައަޕް ޓީމަށް 5000ރ ދޭގޮތައް ބާއްވާ މުބާރާތެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަލިފާން ރޯވެ ހިތަދޫ ފިހާރައެއް ބޭނުން ނުކުރެވޭވަރަށް އަނދައިފި

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ފިހާރައެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހާރަ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. ...

ފިޝަރީޒް މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ...

ހުޅުދޫއާއި މަރަދޫގައި ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓް ...