ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް   – ގައުމު އެފްސީ އާއި އޭޓީ ބައްދަލުކުރިމެޗް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި  ހުޅުދޫ އޭޓީ ސްޕޯޓްސް ކްލަބާއި މީދޫ ގައުމު އެފްސީ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެވެ.

ރޭ މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.  

  މިމެޗްގެ  ފުރަތަމަ ހާފްގައި  އޭޓީން ވަނީ މިމެޗްގައި އެޓީމުން ކާމިޔާބުކުރި ލަނޑުޖަހާ މެޗްގެ ލީޑު ހޯދާފައެވެ. 

ހުޅުދޫއާއި މީދޫގެ ގިނައަދަދެއްގެ މީހުން ކުޅިބަލަން ހާޒިރުވި  މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ 1 ލަނޑު 0 ލަނޑުން އޭޓީ ލީޑުގައި އޮވެގެންނެވެ.

މިމެޗްގެ ގައުމު އެފްސީން ލަނޑެއް ޖަހާމެޗްގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗްގެ ދެވަނަ ހާފްގައެވެ.

1 ލަނޑު 1 ލަނޑުން މިމެޗް އެއްވަރުވިކަމުގައިވިޔަސް މިމެޗްގައި  ދެޓީމަށްވެސް ލަނޑު ޖަހަން ގިނަފުރުސަތުތައް  ލިބި ބޭނުން ނުހިފި ދިޔަ ތަން ފެނިގެން ގޮސްފައިވެއެވެ.

ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ގައުމު އެފްސީ  

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ގައުމު އެފްސީގެ ގުސައްޔުއެވެ.  މޮޅު ކުޅުންތެރިއަކަށް ހޮވުނު ގުސައްޔާއި އިނާމް ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހުމާނު މުޖުތަބާއެވެ.

ގައުމު އެފްސީ މިމުބާރާތުގައި މީގެ ކުރީން ކުޅުނުމެޗްގައި ހިތަދޫ މައިލޯ އެފްސީއާއި ބައްދަލުކުރިމެޗްވެސް ނިމިފައިވަނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ.

އޭޓީން މިމުބާރާތުގައި ފުރަތަމަ ކުޅުނު މެޗްގައި މީދޫ އެފްސީ އަޚުންޓީމާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން ވަނީ މޮޅުވެފައެވެ.

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނާޒިމް ހައްޔަރުކުރީ ސިޔާސީ މަޤްޞަދެއްގައި ހަރުކަށި ފިކުރުގެ މީހުން ރުއްސަން: ރައީސް ނަޝީދު

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހައްޔަރުކުރީ ސިޔާސީ ...

ކެފޭތަކާއި ރެސްޓޯރަންޓްތައް ބަންދުކުރަނީ

ކޮވިޑް-19 ފެތުރެން މަދުކުރުމަށްޓަކައި، ކ. ގުރައިދޫގެ ކެފޭތަކާއި ރެސްޓޯރަންޓް އަދި ގާޑިޔާ ފަދަ ތަންތަނުގެ ހިދުމަތް ދިނުން މެދުކަނޑާލަން ...

ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ ...