ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފި އެމްބެސެޑަރުގެ ލަގަބު އަތުލައިފި

advertisement

ޖެންޑާ މިނިސްޓްރީން އަހްމަދު ހިޝާންއަށް ދީފައިވާ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ ލަގަބު އޭނާގެ އަތުން ނެގުމަށްފަހު ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ޖެންޑާ މިނިސްޓްރީން ހިޝާންއަށް ދީފައިވާ އެމްބެސެޑަރު ކަން ނަގާފައި މިވަނީ ސޯޝަލް މީޑިއާގައި އޭނާއަށް ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ވަގުތެއްގަ އެވެ.

ހިޝާންއަށް ތުހުމަތުކުރެވޭ މިމައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި އޭނާއަށް ތުހުމަތުކުރެވޭ މައްސަލަތަކާއި ގުޅިގެން ފުލުހުންގެ އެދުމަށް އޭނާގެ ޕާސްޕޯޓް ވެސް މިހާރު ވަނީ ހިފަހައްޓާފަ އެވެ.

ހިޝާން އަށް ތުހުމަތުކުރަނީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އިޖުތިމާއީ ހިދުމަތްކުރުމަށް އޮނަރަރީ މަގާމުތަކަށް ކަނޑައަޅާ ފަރާތްތަކަކީ ނަޒާހަތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ.

އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރުގެ ލަގަބު ހިސާން އަށް ދީފައިވަނީ މިދިޔަ އަހަރު ފާހަގަކުރި ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު އެވެ.

ހިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ މީހެކެވެ.

މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ހިޝާން އަށް މީގެކުރިން ވަނީ ގައުމީ އިނާމު ވެސް ލިބިފަ އެވެ.

ހިޝާންއަށް ތުހުމަތުކުރާ މައްސަލަތަކެއް ބަޔަކު ސޯޝަލް މީޑިއާގައި ފެންމަތީ ކުރީ ހިޝާން އަށް ބަޔަކު ބިރު ދައްކަމުންދާ ކަމަށް ބުނެ އޭނާ ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ހިއްސާކުރަން ފެށި ފަހުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުވައްމުލައްސިޓީ ކައުންސިލް އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 2024 ނިންމާލައިފި

ސްކޫލްތަކުގެ މެދުގައި ވޮލީގެ ރޫޙް އާލާކޮށް މޮޅު ކުޅުންތެރިން އުފައްދައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމާއި އިޖުތިމާއީ ...

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ މަޖިލިހަށް ކުއްލި މައްސަލައެއް

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ސާފު ފެން ނުލިބޭތީ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ...

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން -އަދީބު

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ. ...