ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް  – ޖަންތާ ގަރާޖް އާއި ދަކްރައުސް ބައްދަލުކުރިމެޗްވެސް އެއްވަރު

ކްލަބް ލޮތަރިން އިންތިޒާމުކޮށްގެން މީދޫގައި ކުރިއަށްގެންދާ ” ލޮތާރި ސްޓްރީޓް 3 – ދަރިވޭމްޕް ” ފުޓްބޯޅަ މުބާރާތުގައި  ހިތަދޫ  ޖަންތާ ގަރާޖާއި  ފޭދޫ ދަކްރައުސް ބައްދަލުކުރިމެޗްވެސް އެއްވަރުވެގެން ނިމިއްޖެވެ.

ރޭ މީދޫ ފުޓްސަލް ދަނޑުގައި  ކުޅެވުނު މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމަށް ލަނޑެއް ނުޖެހިއެވެ.  

މި މުބާރާތުގެ ގުރޫޕް ބީ ހިމެނޭ މިދެޓީމް ބައްދަލުކޮށް ކުޅުނު މިމެޗް އެއްވަރުވެގެން ނިމުނު އިރު ދަ ކްރައުސް މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި ހިތަދޫ އެފްސީ ޒެފިއާއި ބައްދަލުކިރިމެޗްވެސް ނިމިގެންގޮސްފައިވަނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެހެންނަމަވެސް ޖަންތާ ގަރާޖް މިމުބާރާތުގައި ކުޅުނު ފުރަތަމަމެޗްގައި މީދޫ ވެޓްރަންސްއާއި ބައްދަލުކޮށް ކުޅުނުމެޗް  3 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ ޖަންތާ ގަރާޖެވެ.

ރޭ ކުޅެވުނު މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުހައްމަދު އަހުމަދެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދުއާއި އިނާމު ހަވާލްކޮށްދެއްވީ މިމެޗްގެ ޝަރަފްވެރި މެހުމާނު ޝާފީ އަލީއެވެ.

ބެސްޓް ސެލެކްޝަން ކޮމްޕެނީ މެއިން ސްޕޮންސަރ އެއްގެ ގޮތުގައި ހަމަޖެހިފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. ގެ ފާއިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ އިރު، ރަނައަޕްޓީމަށް 10،000ރ. ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިމުބާރާތުގެ މެޗްތައް ކުޅެމުންދަނީ ދެގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ކޮންމެ ގްރޫޕަކުން އެންމެ މޮޅުވާ ދެޓީމް ސެމިފައިނަލަށް ހޮވޭގޮތައް ހަމަޖެހިފައިވާއިރު ސެމީފައިނަލްގެ ފުރަތަމަމެޗްގައި އެއްކޮޅުން ބައްދަލުކުރާ ޓީމަށް ހަމަޖެހިފައިވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމެވެ. އަދި ސެމީފައިނަލްގެ ދެވަނަ މެޗްގައި އެއްކޮޅުން ބައްދަލުކުރާނީ ގްރޫޕްބީގެ އެއްވަނަ ޓީމެވެ.  އަދި މީގެ  އިތުރަށް ކޮންމެ ގްރޫޕަކުން 2 ވަނަ އަދި ތިންވަނަ ޓީމް ހޮވޭނީ ކްއާޓާފައިނަލަށެވެ.

ކްއާޓާފައިނަލްގެ ފުރަތަމަ މެޗަގައި ބައްދަލުކުރާގޮތައް ހަމަޖެހިފައިވަނީ  ގްރޫޕް އޭގެ 2 ވަނަ ޓީމާއި ގްރޫޕް ބީގެ ތިންވަނަ ޓީމަކަށް ހޮވޭ ޓީމަކާއެވެ . މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ ހޯދައިގެން ސެމީފައިނަލަށް ހޮވޭޓީމާއެވެ.  

ކްއާޓާފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއި ގްރޫޕް އޭގެ ތިންވަނައަށް ހޮވޭ ޓީމާއެވެ. މިމެޗުން މޮޅުވާޓީމެއް ސެމީފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް ބީން އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވޭ ޓީމާއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފި

ކޮޕާޑެލްރޭ ފުޓްބޯޅަ މުބާރަތުގެ ފައިނަލަށް ބާސެލޯނާ ދަތުރުކޮށްފިއެވެ. ބާސެލޯނާ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގެ މެޗް ...

އައްޑޫސިޓީގެ އަވަށްތަކުން ފިޠުރު ޒަކާތް ބަލައިގަތުމާބެހޭ

އައްޑޫސިޓީގެ އަވަށްތަކުގެ އަވަށު އޮފީސް ތަކަށް އޮންލައިންކޮށް މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން 1441  (25 ...

ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ...