އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅަނީ ކާމިޔާބު ވާނެކަމުގެ އެއްވެސް ސިގްނަލެއް އޮވެގެނެއް ނޫން- ނިހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މެމްބަރުން މަޖިލީހަށް ހުށައަޅަނީ ކާމިޔާބު ވާނެކަމުގެ އެއްވެސް ސިގްނަލެއް އޮވެގެން ނޫންކަމަށާއި، އެންމެ ގިނަ ވެގެންވެސް އިދިކޮޅު މެމްބަރުންނަށް ލިބޭނީ 35 މެމްބަރުންގެ ސޮއިކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއިއެކުގައިކަމަށް މަޖިލީހުން އިއްޔެ ވަނީ ފާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ ސާޅީސް ދެ މެމްބަރުންގެ ސޮޔާއި އެކުގައިކަމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވަނީ އެ މައްސަލަ މަޖިލީހަށް ދެން ވައްދާދީ އެ ޢަދަދަށް (42) މެމްބަރުން ސޮއާއި އެކުގައިކަމަށެވެ.

އިދިކޮޅު މެމްބަރުންގެ މި ވާހަކަތަކަމަށް ރައްދުދެއްވަމުން ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އިދިކޮޅު މެމްބަރުންގެ ވާހަކަތަކަކީ ބަޔަކަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި އެމެމްބަރުން ދައްކާ ވާހަކަތަކެއްކަމަށެވެ. މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅު މެމްބަރުންނަށް އެންމެ ގިނަވެގެންވެސް ލިބޭނީ 35 މެމްބަރުންގެ ސޮއިކަމަށް ނިހާން ވިދާޅުވިއެވެ. އިދިކޮޅު މެމްބަރުންގެ މަޤްޞަދަކީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން އަތޮޅުތަކަށް ދަތުރުކޮށް، ދާއިރާތަކުގެ ކެނޑިޑޭޓުން ހޮވުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުންކަމަށްވެސް ނިހާން ވިދާޅުވި. ސަބަބަކީ އިތުބާރު ނެތްކަމުގެ މައްސަލަ އިރުއިރުކޮޅާ ހުށައެޅުމުން އެ މެމްބަރުންނަށް މާލޭގައި ތިބުމަށް މަޖުބޫރުކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ.

“އިދިކޮޅު ފަރާތްތަކުން ބަޔަކު ދިރިއޮތްކަން ދެއްކުމަށްޓަކައިވެސް ތިކަން ކުރާނެ. ތިކަން ކުރެވޭތޯ ވަރަށް މަސައްކަތްވެސް ކުރާނެ އެކަމް އިރާދަކުރެއްވިއްޔާ އެ ކޯލިޝަނަށް ސާޅީސް ދެ މެމްބަރުން ކީއްކުރަންތޯ، ތިރީސް ފަސް މެމްބަރުންނަށްވުރެ މައްޗަކަށް އެއްވެސް ގޮތަކުން ސޮއި ހޯދިދާނެކަމަށް ޤަބޫލެއް ނުކުރަން.” ނިހާން ވިދާޅުވިއެވެ.

ތަކުރާރުކޮށް މި މައްސަލަ މަޖިލީހަށް ހުށައެޅުއްވި ނަމަވެސް މަޖިލީހުގެ ރައިސާއި ނާއިބު ރައީސްގެ އިތުބާރު އޮތްކަން ދަމަހައްޓާނެކަން ފާހަގަކުރައްވަމުން ނިހާން ވދާޅުވީ، ސަރުކާރުގެ މެޖޯރިޓީ ގެއްލުވާލުމުގެ ކުޅަދާނަކަން އިދިކޮޅު މެމްބަރުންނަށް ލިބިފައި ނުވާކަމަށެވެ. ސަރުކާރު ހިނގަމުންދަނީ އެއަށްވުރެ މާހަރުދަނާކޮށްކަމަށް ނިޙާން ވިދާޅުވިއެވެ.

“ބޭރުގެ މީހުން ހިތްހަމަ ޖެއްސުމަށްޓަކައި ތިމާމެން މިވެނި ޢަދަދެއް ހަމަކޮށްފީމޭ ބުނެ އިތުބާރު ނެތްކަމުގެ މައްސަލަތައް ރިޕީޓް ކުރި ނަމަވެސް އިރާދަކުރެއްވިއްޔާ ދެން އެކަމެއް ނުވާނެ. ސަތޭކަ ފަހަރު އެ މައްސަލަ ވެއްދިޔަސް ކޮންމެގޮތަކުންވެސް  އަޅުގަނޑުމެން މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު އޮތްކަން ދަމަހައްޓާނަން. އެއަށްވުރެ މާ ހަރުދަނާކޮށް ވަރުގަދައަށް މިސަރުކާރުން ހިނގަމުންދަނީ. ރައްޔިތުން ބޭނުންވާ މަސައްކަތައް ހުއްޓުމެއްނެތި ދަނީ މަސައްކަތްކުރަމުން. ރައްޔިތުންގެ ހައްގުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާނަން” ނިހާން ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުންދާ މަޝްރޫޢުތަކަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަކީ ޤައުމީ ކަމެއްކަމަށާ، ރައްޔިތުންގެ މަޖިލީހުގައި ވަރަށް މުހިންމު ފައިދާހުރި މަސައްކަތްތައް ކުރިއަށް އެބަހުރިކަމަށްވެސް ނިހާން ވިދާޅުވިއެވެ. އަދި މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ފުރުޞަތު އިދިކޮޅު މެމްބަރުންނަށް ނުދެއްވާނެކަމަށްވެސް ނިހާންވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުމުރުންދުވަސްވީ މީހުންގެ އެލަވަންސަށް ބަދަލުގެންނަވާނެކަން ރައީސް ހާމަކުރައްވައިފި

އިސްރަށްވެހިންނަށް މިހާރު ލިބެމުން އަންނަ އެލަވަންސްއަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ...

ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ފިޔަވަޅުތަކެއް- އިބްރާހިމް ޒުބައިރު

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދޫ ކަރަންޓީނުކޮށް ހުޅުދޫއާއި މީދޫގައި އަޅާފައިވާ ފިޔަވަޅުތަކަކީ ގަވާއިދާއި ޚިލާފަށް އަޅާފައިވާ ...

ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ޝަމާލް އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ސިފައިންގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލު ...