އުމުރުންދުވަސްވީ މީހުންގެ އެލަވަންސަށް ބަދަލުގެންނަވާނެކަން ރައީސް ހާމަކުރައްވައިފި

އިސްރަށްވެހިންނަށް މިހާރު ލިބެމުން އަންނަ އެލަވަންސްއަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެއްވަމުން އަންނަ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެކަން އިޢުލާން ކުރައްވާނެކަމަށެވެ. މީގެ އިތުރުން އިސްރަށްވެހިންނަށް ދެމުންއަންނަ އެލަވަންސްވެސް ބޮޑުކުރެއްވުމަށް ނިންމާފައިވާކަމަށާއި އެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށްވެސް ރައީސް ވިދާޅުވިއެވެ. އިސްރަށްވެހިންނަށް ސަރުކާރުން މިހާރު ދެއްވަމުން އަންނަނީ 5000 ރުފިޔާގެ އެލަވަންސްއެވެ.

” ކޯވިޑް 19ގެ ބަލިމަޑުކަމުގައި ނުޖެހުނުނަމަ ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވީސް. ކުރިއަށްއޮތް ތަނުގައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު އަންނާނެ. ނުކުޅެދުންތެރިންނާއި އިސް ރަށްވެހިންގެ ދާއިރާއަށް ވެސް ބަދަލު ގެންނަން ޖެހޭ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވެންސްތައް ދިނުމަށް ކުރަންޖެހޭ މަސައްކަތް ނިންމާ ވަރަށް އަވަހަށް އިޢުލާން ކުރެވޭނެ. އިސްރަށްވެހިންނަށް ދޭ އެލަވަންސް ކުރިއަށް އޮތްތަނުގައި ބަދަލު ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި 5 އަހަރާއި އަދި ކުރިއަށް އޮތް 5 އަހަރުގައިވެސް އިސްކަންދެއްވާނީ ސުލްހައާއި ހަމަޖެހުމަށް ކަމަށެވެ. މިކަން ނެތި، ތަރައްގީ ނުގެނެވޭނެކަމަށާއި، މި 5 އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތް 5 އަހަރުވެސް އަމާޒަކީ ހަމަޖެހުން ގާއިމްކުރެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބަލާއިރު، ކުރިއަށް އޮތް 5 އަހަރު އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ނެތަސް ސަރުކާރުގެ ވިސްނުމުގައި ކަންކަން ކުރުން އެބަހުރިކަމަށެވެ. މިއަދު ވިސްނަންވީ އިޖްތިމާއީ މައްސަލަަތަކާ މެދު ކަމަށާއި، ކުރިއަށް އޮތް 5 އަހަރުގެ މައިގަނޑު އަމާޒެއްކަމުގައި ވާންވީ އިޖްތިމާއީ މައްސަލަތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިފައިވާކަމަށާއި ނަމަވެސް އިޖްތިމާއީ މައްސަލަތަކަށް ހައްލު ނުގެެނެސް، އަމާންކަން ގާއިމް ނުކުރެވޭނެ ކަމަށެވެ. މީގެ އިތުރަށް ޖިންސީ ހަމަހަމަކަން ޤާއިމްކުރެއްވުމަށްޓައި މިއަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ސިޔާސީ ދާއިރާގައި އަންހެނުންގެ ދައުރު މިހާރަށްވުރެ ބޮޑަށް އިތުރުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފްއެވެ

“ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމް އެބަކުރެވޭ، ތައުލީމަށް ބޮޑެތި އިންވެސްޓް ކުރެވޭ. ހިލޭ ޑިގްރީ ދެވި، ސިއްޙީ ދާއިރާއަށްވެސް ކުރިއެރުންތަކެއް އެބަގެނެވޭ. ޤައުމެއްގެ ތަރައްޤީ ގެނެވޭނީ އެޤައުމެއްގެ ހަމަޖެހުން ގެނެސްގެން. ސްރީލަންކާގެ ޙާލަތަށް ބެލިނަމަވެސް އެކަން ފެނިގެންދާނެ. މުއްސަނދި ބޮޑެތި ޤައުމުތަކަށްވެސް ދިމާވެފައިވާ މައްސަލަތަކަކީ އިޖްތިމާޢީ ހަމަޖެހުން ނެތުން.” 

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރަށްވެސް މިކަމާދޭތެރޭ ވިސްނުން މުހިންމު ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުން އައްޑޫއަށް ބޭނުންވާ ކަންކަން އެކުލަވާލާއިރު، މިކަންތަކަށް މެނިފެސްޓޯގައި ރިއާޔަތްކުރެއްވުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާއިރު މި ކަންތައްތަކާމެދު ވިސްނާވަޑައިގަތުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ގެނެވޭ ބަދަލު ގެނެވެނީ ރައްޔިތުންގެ ތާއީދު އޮތުމުން ކަމަށާއި، އައްޑޫ ރައްޔިތުން ކުރި އިތުބާރު ގެއްލުވައިނުލައްވާނެ ކަމަށެވެ.

އައްޑޫއަށް ލިބޭ ތަރައްޤީ ފާހަގަކޮށް އުފާ ފާޅުކުރުމުގެ ގޮތުން އައްޑު ސިޓީ ކައުންސިލުންވަނީ ހަވާއަރުވާފައެވެ. ހަވާ އެރުވުން އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން ކުރިއަށްދިޔަ ހިތަދޫގައި ހުންނަ އައްޑޫސިޓީ ސްކޮޔާގައެވެ.

ހިތަދޫގައި ކުރިއަށްދިޔަ ހަވާއެރުވުން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މުޖުރިމުން ދައްކާ ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި “ކެރީކުރީމަ” އަޅުގަނޑު ހިތާމަ ކުރަން – ރައީސް

މުޖުރިމުން ދައްކާ ބޮޑެތި ބުހުތާނު ދޮގުތަކުގެ ވާހަކަ ނޫސްތަކުގައި ކެރީކުރީމަ ހިތާމަފުޅު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ...

އައްޑޫޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ތާވަލުކުރެވިފައިވާ މުއްދަތަށްވުރެ ކުރިން ނިންމާލެވޭނެ : ހައުސިންގ މިނިސްޓްރީ

އައްޑޫސިޓީގައި ތަރައްޤީ ކުރަމުންދާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޝެޑިއުލްއަށް ވުރެން އެއްމަސް ދުވަސް ކުރިން ނިމޭނެކަމަށް ...