މައްސަލައަކީ މަސީހެއްނޫން – ބަޔަކު އެއުޅެނީ ވެރިކަމާ ތޮޅެން.، – ޕީޕީއެމް މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަކީ، ރައްޔިތުންގެ މަޖިލިސް ހަލަބޮލިކޮށް ރާއްޖޭގެ ވެރިކަމާއި ތޮޅެން ކުރާ މަސައްކަތްތަކެއްކަމަށް ޕީޕީއެމްގެ ބައެއް މެމްބަރުން ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙްގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ނަގަން އުޅޭ ވޯޓް އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެ އެއްވެސް ފޯމިއުލާއެއް ނެތްކަމަށެވެ.

ޕީޕީއެމް އެމްޑީއޭގެ ކޯލިޝަންގައި ފަންސާހަށް ވުރެ ގިނަ މެމްބަރުން ތިއްބަވާ ސުޕަރ މެޖޯރިޓީއެއް އޮތްކަން ފާހަގަކުރައްވަމުން ޚަލީލް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު އޮންނަ ދުވަހު އިދިކޮޅު އެމްޑީޕީގެ ބައެއް މެމްބަރުން އެދުވަހުގެ ޖަލްސާއަށް ވަޑައިނުގެންނެވުމާއި، ނުވަތަ މަސީހު އާއި އެއްކޮޅަށް ވޯޓު ދެއްވާނެކަމުގެ ޔަޤީންކަން ލިބިފައިވާކަމަށެވެ.

ޚަލީލު ވިދާޅުވީ މަސީޙުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ އެމަނިކުފާނުގެ އިތުބާރު ނެތިގެން ނުވަތަ މަޖިލީހާ މެދު ރައްޔިތުންގެ ހިތްތަކުގައި އުދާސްތަކެއް އޮވެގެން ނަގާ ވޯޓެއް ނޫންކަމަށެވެ. މިއީ ސަރުކާރުގެ ތެރެއިން ވަކި ބަޔަކު ބޭނުންވި ކަންކަން ހާސިލް ނުވެގެން ކުރައްވާ މަސައްކަތްތަކެއްކަމަށް ޚަލީލު ތުހުމަތުކުރެއްވިއެވެ.

“މަޖިލީހުގެ ރައީސްގެ ގޮނޑި އިދިކޮޅު މެމްބަރުން ހިސޯރުކުރެއްވިތަން ޖަލްސާއެއްގައި ފެނިގެން ދިޔަ. ނަމަވެސް ޖަލްސާ ކުރިއަށް ދިޔަ. އެހެންވީމަ އެމްޑީޕީން މަޖިލިސް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް މަޖިލިސް ނުހުއްޓުވޭނެ. މަޖިލިސްގެ ރައީސްގެ ވިސްނުންފުޅަކީ މަޖިލިސް ކުރިއަށް ގެންދަވާ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް ބޭނުންވާ ބިލްތައް ފާސްކުރުން. މަސީހަކީ މަޖިލީހުގެ ރައީސްކަމަށް އެންމެ ޤާބިލް ބޭފުޅާ. މަސީހުފަދަ ޤާބިލް ބޭފުޅަކު މަޖިލީހުގެ ރައީސްކަމުގައި ބަހައްޓަން އިދިކޮޅު ފަރާތްތަކުން ބޭނުން ނުވަނީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ބާރުމިނުގައި ކުރިއަށްގޮސް މަޖިލީހުގެ އުފެއްދުންތެރިކަން 96 އިންސައްތަ އަށްވުރެ މަތިވީމަ. އެމީހުން ބޭނުންވަނީ ބިލްތައް ޕާރކްކޮށްފައި ބަހައްޓާ ހަލަބޮލިކުރަން” ޚަލީލް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕް އޮތީ ވަރަށް ބަދަހިކޮށްކަމަށާއި ޕީޕީއެމްގެ ކޯލިޝަނުން މި މަސައްކަތް ބޮޑު އަޤްލަބިއްޔަތުން ފެއިލްކޮށްލާނެކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު މުބީން ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ، ޤައުމުގައި އޮތް ހަމަޖެހުން ނައްގާލާ ރާއްޖޭގައި މިހާރު ހިގަމުންދާ  ތަރައްޤީގެ މަސައްކަތްތައް ހުއްޓުވުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބުވިޔަ ނުދެއްވާނެކަމަށް މުބީން ވިދާޅުވިއެވެ.

“ރައީސް ޔާމީން މިވަނީ ޤައުމު ވަރަށް ބޮޑަށް ހަމައަކަށް އަޅުވާފައި. ވަރަށް ވިސްނުންތެރިކަމާއެކު ވަރަށް ބަދަހިކޮށް ޕީޕީއެމް ޕީޖީ ގްރޫޕް މިއޮތީ. ރައްޔިތުންގެ ވިސްނުންވެސައޮތީ ތަރައްޤީއާއި ކުރިއެރުމުގެ ވިސްނުން” މުބީން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މަޖިލީސް ކުރިއަށް ގެންދަވަނީ ޤަވާއިދާއި ޚިލާފަށްކަމަށް އިދިކޮޅު ފަރާތްތަކުންކުރާ ތުހުމަތުތަކަށް ރައްދުދެއްވާ ސަރުކާރަށް  ތާއިދުކުރައްވާ މެމްބަރުން ވިދާޅުވީ މިހާތަނަށް މަޖިލީހުގައި ޤަވާއިދާއި ޚިލާފަށް ކުރި ކޮންމެ މަސައްކަތެއް ކޮށްފައި ވަނީ އިދިކޮޅު މެމްބަރުންކަމަށެވެ. ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުން އޮންނާނީ އަންނަ ހޯމަދުވަހުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތައިލެންޑްގައި އެކްސިޑެންޓްވި ހުޅުދޫ އަހުމަދު ސައީދު ނިޔާވެއްޖެ

ތައިލެންޑުގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓުގައި އަނިޔާވި ސ. ހުޅުދޫ ވައިޖެހޭގޭ އުމުރުން 44 އަހަރުގެ ...

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...

ބަރުލަމާނީ ގެންނަން ނަޝީދުގެ ކެމްޕެއިން މެނޭޖަރަކަށް ފައްޔާޒުގެ ކެމްޕެއިން މޭޖަރު އިބުރޭ!

ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެންނަ، ނުފެންނަ ވޯޓެއް އެހުމަށް ގޮވާލައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ...