ކޯވިޑް ޖެހިގެން 20 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން 20 އަހަރުގެ ދިވެހި ފިރިހެން ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވީ ނ. ކުޑަފަރީ ޢަނާން ބިން އަބޫބަކުރެވެ. އެ ޒުވާނާ ނިޔާވެފައި ވަނީ ރޭ 12 ޖަހާކަން ހާއިރު އައިޖީއެމްއެޗްގައެވެ. އެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރީ ރޭ ފަތިހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކޯވިޑް ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 302 މީހަކު ވަނީ ނިޔާވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައިވަނީ %185މައްޗަށްގޮސްފައެވެ. މީގެ އިތުރުން ކޯވިޑްޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާމީހުންގެ އަދަދު އިތުރުވެފައިވާ މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން 4 މީހުން ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދުވަސްވަރު ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކްއެޅުމަށާއި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޒައިދު، އާޒިމަށް: ކަޅު ދަބަހުގަ ދިޔާ އެއްޗެހި އުފުލާ ބޭފުޅަކު ޑރ.އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫން

ކަޅު ދަބަހުގައި ”ދިޔާ އެއްޗެހި“ އުފުއްލަވާ ބޭފުޅަކު ޑރ.މުޙައްމަދު އިޔާޟާމެދު ދެކޭ ގޮތް މުހިންމެއްނޫންކަމަށް އައްޝައިޚް ޢަލީ ޒައިދު ...

ދެވަނަ ބުރަށް ކޯލިޝަން ހެދުމަށް ޕާޓީތަކާއި ލީޑަރުންނަށް ޑރ މުޢިއްޒު ދަޢުވަތުދެއްވައިފި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ސިޔާސީ ޕާޓީތަކާއި ލީޑަރުން ޕީޕީއެމް ޕީއެންސީ ކޯލިޝަންއާއި ގުޅިވަޑައިގެން ކުރިއަށްދިއުމަށް ޕީއެންސީގެ ރިޔާސީ ...

ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އަލުން ފެށުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުން: ރައީސް

ކިޔެވުން ހުއްޓިފައިވާ އައްޑޫ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް އަންނަ ޑިސެންބަރުމަހުގެ ތެރޭގައި އަލުން ކޯސް ކުރިޔަށް ގެންދެވޭނެ މަގު ...