ކޯވިޑް ޖެހިގެން 20 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން 20 އަހަރުގެ ދިވެހި ފިރިހެން ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވީ ނ. ކުޑަފަރީ ޢަނާން ބިން އަބޫބަކުރެވެ. އެ ޒުވާނާ ނިޔާވެފައި ވަނީ ރޭ 12 ޖަހާކަން ހާއިރު އައިޖީއެމްއެޗްގައެވެ. އެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރީ ރޭ ފަތިހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.

ކޯވިޑް ޖެހިގެން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެދުވަހު ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކޯވިޑް ޖެހިގެން ރާއްޖެ އިން މިހާތަނަށް 302 މީހަކު ވަނީ ނިޔާވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައިވަނީ %185މައްޗަށްގޮސްފައެވެ. މީގެ އިތުރުން ކޯވިޑްޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާމީހުންގެ އަދަދު އިތުރުވެފައިވާ މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން 4 މީހުން ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިދުވަސްވަރު ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން މީހުން ގިނައިން އުޅޭ ތަންތަނުގައި މާސްކްއެޅުމަށާއި ދަތުރުފަތުރު ކުރާއިރު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބީ ރައީސް ޑރ. މުއިއްޒަށް މަރުޚަބާ ދަންނަވައިފިއެވެ. ރައީސް ޞާލިހު ކުރެއްވި ޓުވީޓުގައި ...

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެލަވަންސް ޖޫންގައި ބޮޑު ކުރަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ...

މެއި މަހު އައްޑޫ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު ފަރާތްތަކަށް އަށްލައްކަ ރުފިޔާގެ އެހީ

މިދިޔަ މެއި މަހުގެ ތެރޭގައި އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ގެއްލުން ލިބުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ...