ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި އުމުރުން ދުވަސްވީ އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ހާމަކޮށްފައިވާގޮތުން ހިރިމަރަދޫގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނައް އިއްޔެ މެންދުރު 1:30ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ބެލިބެލުމުން މަރުވެފައި ވަނީ އުމުރުން 71 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ އެ މައްސަލާގައި ތަހުގީގު ކުރަންޖެހޭ ކަމެއް އޮތްތޯ ބަލަމުން އަންނަ ކަމަށާއި އެމީހާގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށްވެސް މިކަމާބެހޭގޮތުން ފުލުހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓްސް (0)