ރަށުން ބޭރުން އަންނަ މީހުން ގޭގައި މަޑުކޮށްދިނުމަށް އެދެން: ހުޅުމީދޫ ސިއްހީމަރުކަޒު

މާލޭގައި ކޯވިޑް-19 ފެތުރެން ފަށާފައިވާތީ، ރަށުން ބޭރުން ފުރައިގެން ހުޅުދޫއާއި މީދުއަށް  އައިސްފައިވާ އެންމެހައި ފަރާތްތަކުން، ސިއްހީމަރުކަޒުގެ ހޮޓްލައިން ނަމްބަރު 6894680 އަށް ގުޅުއްވާ  މައުލޫމާތު ހިއްސާ ކުރެއްވުމަށާ އަދި އެފަދަ ފަރާތްތަކުން 14 ދުވަސް ވަންދެން ގޭގައި މަޑުކުރުމަށް ހުޅުމީދޫ ސިއްހީމަރުކަޒުން  އިލްތިމާސް ކޮށްފިއެވެ.

ސިއްހީމަރުކަޒުން މިގޮތައް އިއުތިމާސްކޮށްފައިވަނީ  މިއަދު  އާއްމުކޮށްފައިވާ ދެންނެވުމެއްގައެވެ.

ސިއްހީމަރުކަޒުން މިގޮތައް އިއުތިމާސްކޮށްފައިވާއިރު  މާލެ އިން މިއަދު ކޮވިޑް-19 ޕޮޒިޓީވްވި  މީހާއާއި މީގެ ދެ ދުވަސް ކުރިން ފެށިގެން ކްލޯޒް ކޮންޓެކްޓެއްގެ ގޮތުން ކޮންޓެކްޓް ވެފައި ތިބި މީހުންގެ ތެރެއިން ދެމީހަކު އައްޑޫގައި އެބަތިބިކަމަށާ އެމީހުން ހޯދާ އެމީހުންގެ ހާލަތު ބަލަމުންދާކަމަށް އެޗްޕީއޭއިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނަޒްލާވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

47 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 47 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު 1078 އަށް އަރައިފިއެވެ. ...

ހޯޑެއްދޫ ޑްރަގް އޮޕަރޭޝަން: ޖުމްލަ 82 ކިލޯ ޑްރަގް ހޯދައިފި

ފުލުހުން ގދ.އަތޮޅުގައި ހިންގާ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 82 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ. އެކަން ހާމަކުރެއްވީ ...

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި 46 އަހަރުގެ އަންހެނަކު ނިޔާވެއްޖެވެ. ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މިމީހާ ނިޔާވެފައިވަނީ ރޭ ...