މުޖުތަމައުތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފައްސިވެ މިވަގުތު މޮނީޓަރިންގ އަށް ލެވިފައިވާ ގދ. ތިނަދޫގައި މިރެއިން ފެށިގެން ކާފިއު ހިންގަން ތައްޔާރުވެއްޖެ އެވެ.
ތިނަދޫ ކައުންސިލުން މިއަދުން ފެށިގެން ތިނަދޫގައި އަޅަން ނިންމި ފިޔަވަޅުތަކުތެރޭގައި ރޭނގަޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން ހިމެނެ އެވެ.
ތިނަދޫ ކައުންސިލުން މިއަދު އާއްމުކުރި އެންގުމެއްގައި ބުނެފައިވަނީ ތިނަދޫގައި ކޮވިޑް 19ގެ ހާލަތު ގޯސްވެ، އިތުރަށް ރައްކާތެރިފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00 އިން ފަތިހު 04:00 އަށް 7 ދުވަދުގެ މުއްދަތަކަށް ޒަރޫރީ ބެނުންތަކަށް މެނުވީ ބޭރަށް ނުނުކުމެވޭ ގޮތަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައިވާ ކަމަށެވެ. އެގަޑިތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުންނަން ޖެހިއްޖެ ނަމަ ދިވެހި ފުލުހުންގެ ހިދުމަތުން “ޕޮލިސް ޕާމިޓް” ނެންގެވުމަށް ތިނަދޫ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ އުސޫލު އޮންނަގޮތުން، މޮނީޓަރިންގ އަށް ލެވޭ ރަށްތައް ރޭނގަޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަންޖެހެއެވެ. ކާފިއު ގަޑިތަކުގައި ހުއްދަނެތި ބޭރަށް ނުކުތުމަކީ މަނާކަމެކެވެ.
ކާފިއު ގަޑިތަކުގައި ހުއްދަނެތި ބޭރުގައި އުޅޭ ފަރާތްތައް މޮނިޓަރ ކޮށް ޖޫރިމަނާކުރުމުގެ ކަންކަން ފުލުހުން ކުރިއަށް ގެންދާނެއެވެ.
ކޮމެންޓްސް (0)