ރާއްޖެއިން ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ 42 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން އައި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 270އަށް އަރާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް 8 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލީގެ ނިޔާވާ މީހުންގެ ޢަދަދު އިތުވަމުން އަންނަނީ ބަލީގައި އެޑްމިޓްކުރަންޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން ދާތިއެވެ. މިވަގުތުވެސް ފަންސާހާ ގާތްކުރާ ޢަދަދަކަށް މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އާދެއެވެ.

ވިޑްގެ އައު ވޭރިއަންޓް އޮމިކްރޯންއާއެކު ރާއްޖޭގައިވެސް ކޯވިޑް ފެތުރޭ ނިސްބަތް ވަނީ ވަރަށް ބޮޑަށް ހަލުވިވެފައެވެ. އަދި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދުވެސް ވަނީ މައްޗަށް އަރަން ފަށާފައެވެ.

މިގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ރެކޯޑް ޢަދަދަށް މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރޭގައި 2300އަށް ވުރެ ގިނަމީހުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ނިސްބަތުން ގިނަ ބަޔަކު އެއްފަހަރާ ބައްޔަށް ޕޮޒިޓިވްވަމުންދާނަމަ، ހޮސްޕިޓަލްތަކަށްވެސް ބާރު ބޮޑުވެގެން ހިނގައިދާނެކަމަށް ބުނެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ނިއު ލައިންޓް ބޯޓްގެ 11 ފަޅުވެރީންގެ ގައިން ކޮވިޑް 19 ގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގައިފި

ހުޅުދޫ ނިއުލައިން ބޯޓްގެ 11 ފަޅުވެރިއެއްގެ ގައިން  ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގައިފިއެވެ. ނިއުލައިން ބޯޓު ...

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަށް

ޓްރީ ޓޮޕް ހޮސްޕިޓަލް ތިން މަހަށް ސަރުކާރަން ނަންގަވައިފިއެވެ. މިކަމުގެ އެއްބަސްވުމުގައި ސަރުކާރާއި އެ ހޮސްޕިޓަލްގެ މެނޭޖްމެންޓާއި ދެމެދު ...

މިސަރުކާރުގެ ސްލޯ ވާހަކަދައްކާއިރު, މިދިޔަ ސަރުކާރު މާބޮޑަށް ސްލޯ: މަބްރޫކް

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ...