ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ބައްޔަށް ޓެސްޓުކުރަން ފެށުމަށް ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

ޣައްސާނު މިފަދައިން ވިދާޅުވީ އައްޑޫއިން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވްވެ އެސިޓީގެ އާބާދީ ތެރޭގައި މިބަލި ފެތުރޭކަން ދެނެގަނެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ޣައްސާން ވިދާޅުވީ އައްޑު އަތޮޅުގެ އާބާދީ ތެރޭގައި ބަލި ފެތުރެން ފެށުމަކީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައެވެ.

އަދި އޭގެ އިތުރަށް ޣައްސާން ވިދާޅުވި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި އަދި އެނޫންވެސް ޞިއްޙީ ދާއިރާގެ މާހިރުން ވިދާޅުވާ ގޮތުގައި މިބަލި ހަންމަތަކުރުމުގައި އެންމެ މުހިއްމު ފިޔަވަޅަކީ ޓެސްޓުކުރުމެވެ. ޣައްސާނު މިފަދައިން ވިދާޅުވެފައިވާއިރު، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ ޤައުމުތަކުގައި މިބައްޔަށް ޓެސްޓުކުރާ މިންވަރު މަދު ކަމުގައި ފާހަގަކޮށް ޓެސްޓުކުރުން މިހާރަށްވުރެ އިތުރުކުރުމަށް ގޮވާލާފައެވެ.

ޣައްސާން އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ޓެސްޓުކުރެވޭނެ ގޮތް ހަމަޖައްސައި ޓެސްޓުކުރަން ވެއްޖެ ކަމަށެވެ. ޣައްސާނުގެ ޓުވީޓު ނިންމަވާލައްވާފައިވަނީ މިބަލި ކޮންޓުރޯލުކުރުމުގައި އެންމެ ކާމިޔާބު ފިޔަވަޅުތައް ކަމަށް މާހިރުން ފާހަގަކުރައްވާ ހަތަރު ފިޔަވަޅު ފާހަގަކުރައްވައެވެ.

އެގޮތުން ޓެސްޓުކޮށް ބަލި ހުންނަ ފަރާތްތައް ދެނެގަތުމަށްފަހު، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވި މީހުން ދެނެގަތުމަށް ޓްރޭސްކުރުމަށް ޣައްސާން ގޮވައިލެއްވިއެވެ. އަދި އެއަށްފަހު ބަލިހުރުން އެކަށީގެންވާ މީހުން އެކަހެރިކުރުމަށްވެސް ގޮވައިލެއްވިއެވެ. އަދި އެކަހެރިކުރުމަށްފަހު ބަލި ހުންނަ ފަރާތްތަކަށް ފަރުވާކުރުމުގެ މުހިއްމުކަންވެސް ޣައްސާން ފާހަގަކުރެއްވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ...

މިސަރުކާރުން ތަރައްޤީކުރި 50 ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން ތަރައްގީކޮށްފައިވާ 50 ފުޓްސަލް ދަނޑު ރައީސް އަބްދުﷲ ޔާމީން މިރޭ ހުޅުއްވާ ދެއްވައިފިއެވެ. ...

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމަވައިފި

ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...