މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މީދޫއާއި ހުޅުދުން އިތުރު 28 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެވެ.

އައްޑޫ އެމެޖެންސީ އޮޕްރޭޝަން ސެންޓަރުން މިމަހުގެ 23  ވަނަ ދުވަހުގެ ތަފްސީލްތައް މިއަދު އާއްމުކޮށްފައިވާއިރު މީދުން 22 މީހުން އަދި ހުޅުދުން 6 މީހަކު ކޮވިޑް 19 އަށް ވަނީ ޕޮޒޓިވް ވެފައެވެ. އެހެންކަމުން މީދޫއާއި ހުޅުދޫގައި މިވަގުތު ކޮވިޑްއަށް ޕޮޒިޓިވްވެފައިވާ 194 މީހުން އެބަތިއްބެވެ.

މީދޫއާއި ހުޅުދޫގައި މި ވަގުތު ކޮވިޑް 19 ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް ބެލެވޭތީ ހުރިހާ ފަރާތްތަކުން ބަލި އިތުރަށް ނުފެތުރޭނެހެން  ބަލައިގެން އުޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިއުތިމާސްކުރަމުންނެވެ.  

 ހާއްސަކޮށް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ކަރަންޓީނު އުސޫލަށް ފުރިހަމައަށް އަމަލުކުރުމާއި މާސްކް އެޅުމާއެކު ބޭރުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުން އަދި ގިނައިން އަތް ދޮވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެކެވެ. އަދި މީގެ އިތުރަށް ބަލި ކޮންޓްރޯލް ކުރުމަށް ކޮންޓެކްޓްރޭސިން ތެދުމައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ދިނުމަކީވެސް ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ބަލައިގެން އެކަން ކަމާބެހޭފަރާތްތަކަށް ރިޕޯޓް ކުރުމަކީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ...

ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓް- 3 ވަނަ މެޗް ކާމިޔާބުކުރީ ފުވައްމުލަށް ސިޓީ ޕޮލިސް

” ސައުތު ބްލޫޒް ވުމަންސް ވޮލީބޯލް ޓޫނަމެންޓްގެ ތިންވަން މެޗް ފުވައްމުލަށް ސިޓީ ޕޮލިސްޓީމު ކާމިޔާބުކޮށްފިއެވެ. މީދޫ އިޖުތިމާއީމަރުކަޒުގެ ...

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު ބުރާސްފަތި ދުވަހު އަލުން ހުޅުވައިފިއެވެ. މާމިސްކިތް މަރާމާތުކުރުމަށް މީދޫ އަވަށު ...