މިޝްކާގެ މަރު: ރިވިއު ރިޕޯޓުގައި ހުސް އިޙުމާލު، އެންބިއުލާންސް ނުފޮނުވާ ހެދީ ދޮގު

advertisement

މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯވިޑް19 އަށް ޕޮޒިޓިވްވެ ފަރުވާ ނުދެވި ލަސްވުވުމުގެ ސަބަބުން މަރުވި ހދ. ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާ މަރަށް ތެޅެމުން ދިޔަ އިރު، އެމްބިޔުލެންސް ނުފޮނުވާ ދެ ގަޑިއިރާ 26 މިނެއްޓު ހޭދަވި ކަމަށް، ހެލްތު މިނިސްޓްރީން އެ މަރު ތަހުގީގުކޮށް ނެރުނު ރިވިއު ރިޕޯޓުން ހާމަވެއްޖެ އެވެ.

މިރިޕޯޓުގައި ބުނެފައިވަނީ، މިޝްކާގެ ހާލު ބޮޑުވެ ނިއާވުމުގެ ކުރިން ހޮސްޕިޓަލަށް ގެންދަން ބޭނުންވެގެން އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް ފަސް ފަހަރު ގުޅި ކަމަށާއި ހާލު ބޮޑުވެގެން އެ ވާހަކަ ބުނުމުން، އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައިނުވާކަމަށެވެ.

މިރިޕޯޓުގައި ބުނެފައިވަނީ ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސް ވުމުން އެމްބިއުލަންސަށް އެތައް ފަހަރަކު ގުޅުމުން ވެސް އެމްބިއުލަންސް ނުލިބުމުން އެންމެ ފަހުން އެމްބިއުލަންސް ހޯދަން ދަރުބާރުގެއަށް ވެސް މީހަކު ދިޔަ ކަމަށެވެ.

“މިޝްކާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ބެލެނިވެރިޔާ އެޗްއީއޯސީ އަށް ގުޅީ 21:06 ގައި. އޭގެ ފަހުން އެތައް ފަހަރަކު ގުޅައިގެން ވެސް އެމްބިއުލަންސް ނައުމުން އެންމެ ފަހުން 23:27 ގައި ބެލެނިވެރިޔާ ފޮނުވައިގެން މީހަކު އެމްބިއުލަންސް ހޯދަން ދަރުބާރުގެއަށް ދިޔަ”

ހެލްތު މިނިސްޓްރީން ނެރުނު ރިވިއުގައި ބުނެފައިވެއެވެ.

މިހާދިސާއާ ގުޅިގެން މިހާތަނަށް ފާހަގަކުރެވުނު ކަންކަން

  • ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި މިއީ އިމަރޖެންސީ ހާލަތެއްކަމުގައި ބެލިފައިނެތުމާއި އެފަދަ ހާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތަށް ޢަމަލުކޮށްފައިނެތުމާއި އެމްބިއުލަންސް ޓްރިގަރ ކުރަންޖެހޭ ވަގުތުގައި އެކަންކޮށްފައިނުވާކަން.
  • އިމަރޖެންސީއެއްގެ ގޮތުގައި ރިޕޯޓްކުރެވުނު ހިސާބުން އެމްބިއުލަންސް އެކްޓިވޭޓްނުކުރެވި 2 ގަޑިއިރާއި 26 މިނެޓް ހޭދަވެފައިވާކަން.
  • މިއީ އިމަރޖެންސީ ހާލަތަކަށް ވީހިނދު، އަދި ޑީ.އެމް.އާރ.ޓީ އާއި ސީ.މެޓަށް އެމަޢުލޫމާތު ހިއްސާކުރެވި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލަންސް ފޮނުވަން އަންގާފައިނުވާކަން.
  • މިކަމާއި ގުޅިގެން ލިބިފައިވާ ކޯލް ލޮގްތަކަށް ބަލާއިރު، ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން.
  • އިމަރޖެންސީ މެޑިކަލް ސަރވިސް (ބީއެމްއެސް) އަށް މަޢުލޫމާތު ވަގުތުން އެމްބިއުލަންސް އެކްޓިވޭޓްކޮށް، 10 މިނެޓް ތެރޭގައި ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާކަން.

މިހާދިސާއާ ގުޅިގެން ދެވަނަ ފަހަރަށް މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މިހާތަނަށް ކުރެވެމުންދާ ކަންކަން އެރިވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެޗްއީއޯސީގެ މެޑިކަލް އިމަރޖެންސީ ރެސްޕޮންސް މިހާރު ހިނގަމުންދާގޮތަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން ކޮވިޑް19 އަށް ފައްސިވާ ފަރާތްތައް، ޑޮކްޓަރަށް ދައްކައި އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމް މާލެ، ވިލިނގިލި އަދި ހުޅުމާލޭގައި ހަމަޖައްސައި، އެތަންތަނަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަންތަން ކަމުގައި ހަމަޖެއްސުމުގެ މަސައްކަތް އަންނަނީ ކުރެވެމުންކަމަށާއި އަދި މިތަންތަނަށް ކޮވިޑް19 އަށް ފައްސިވެފައިވާ ފަރާތްތައް ވޯކް އިން ކޮށްގެން ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ބުނެފައިވެއެވެ.

އަދި ކޯވިޑް91 އަށް ޕޮޒިޓީވްވާ ފަރާތަކުން އިމަރޖެންސީ ހާލަތުގައި އެމްބިއުލަންސް ހޯދުމަށް ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކަށް ގުޅައިފިނަމަ، އެ ތަނަކުން އެ ފަރާތެއް ބޭނުންވާ ސިއްހީ ޚިދުމަތް ދިނުމަށްޓަކައި އެމްބިއުލަންސް ފޮނުވަން ޖެހޭނެގޮތަށް އުސޫލުތައް ކަނޑައަޅައި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ދަނީ ކުރެވެމުންކަަމަށް ބުނެއެވެ

އިމަރޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމްކޮށް، އިމަރޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑް ކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަންބަރަކަށް ގުޅޭނެ އިންތިޒާމް ހަމަޖައްސައި، މިޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފެށިފައިކަމަށް ބުނެފައިވެއެވެ.

އިމަރޖެންސީ ހާލަތުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް މިހާރު ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ފޯރުކޮށް ދިނުމުގައި ލަސްތަކެއް ވެފައިވާތީ 1 ޖޫން 2011 އިން ފެށިގެން ހަދަން ފަށާފައިވާ ރިވިއުއެއްކަމަށް ބުނެފައިވާއިރު މި ރިވިއުއިން ފާހަގަކުރެވޭ ކަންކަމަށް ރިޢާޔަތްކޮށް، މިކަމާ ގުޅިގެން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ މިނިސްޓްރީއިން އަޅަމުންދާނެކަމުގެ ޔަގީންކަން އަރުވާކަމަށް ބުނެފައިވެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 118 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ ރައްޔިތުން ...

އައްޑޫއާއި ފުވައްމުލަށް ސިޓީގައިވެސް މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް އަންގައިފި

މިއަދުގެ ( 18 އެޕްރީލް 2020 ވަނަ ދުވަހުގެ ) މަޣުރިބް ނަމާދުން ފެށިގެން 23 އެޕްރީލްވާ ބުރާސްފަތި ...