މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު އަލުން ހުޅުވައިފި

މީދޫ ” މާމިސްކިތް ” ބޮޑު މަރާމާތަކަށްފަހު ބުރާސްފަތި ދުވަހު އަލުން ހުޅުވައިފިއެވެ.

މާމިސްކިތް މަރާމާތުކުރުމަށް މީދޫ އަވަށު އޮފީހުން އެމިސްކިތް ބަންދުކޮށްފައިވަނީ 22 މެއި 2022 ވަނަދުވައެވެ.

މިސްކިތް ހުޅުވާފައިވަނީ ބުރާސްފަތި ދުވަހުގެ އަސްރުނަމާދަށެވެ. އަސްރު ނަމާދު އިމާމުވެކޮށްދެއްވާފައިވަނީ މީދޫ ޝޭޑީ އަންވަރުއެވެ.

މާމިސްކިތް މާރާމާތު ކުރުމަށްޓަކައި ދެމަހާއި ތޭރަ ދުވަސްވަންދެން މިސްކިތް ބަންދުކޮށްގެން ކޮށްފައިވާ މަސައްކަތްތަކުގެތެރޭގައި މިސްކިތުގެ ދޮރުތައް ބަދަލުކުރުމާއި މިސްކިތުގެ މުށިތައް ބަދަލުކުރުމުގެ އިތުރަށް މިސްކިތް ސީލިންކޮށް އެއަރ ކޯންކުރުން ހިމެނެއެވެ. އަދި މިހުރާބުގެއަށް ބަދަލުގެނެސް ކުރީ ސަފު މެދު ނުކެޑޭ ގޮތައް މިންބަރު ބަހައްޓާނެ އިތުރު ތަނެއް ވަނީ ހަދާފައެވެ.

މައުލޫމާތު ލިބިފައިވަނީ މިމިސްކިތް މަރާމާތުކުރުމަށް ޚަރަދުކޮށްފައިވަނީ  ޒަކާތު ފަންޑުން މިސްކިތް މަރާމާތު ކުރުމަށް ކަނޑައެޅިފައިސާއާއި އެކިފަރާތްތަކުގެ ދީލަތި އެހީގައި ދެއްވި ފައިސާ ބޭނުންކޮށްގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ...

މިއަދު މީދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 09 އެޕްރީލް 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ...

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާ (އޭއީއެޗު) އިން ...