އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން  ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު  ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވް ވެފައިވާ 17 މީހަކާއި   ފޭދުން ޕޮޒިޓިވްވި މީހެއްކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.  

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން ބުދަ ދުވަހުގެ  އިރުއޮއްސި ހަޔަކުން  ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކާއި ހަމައަށް   އެއްވެސް މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިނުވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 18 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 252 އެވެ. އެއީ ހިތަދޫގައި ތިބި 148މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި ތިބި 56 މީހަކާއި މީދޫގައި ތިބި 2 މީހުންގެ އިތުރަށް ހުޅުދޫގައި 1 މީހުންނެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1726 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1471 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19ގައި 24 ގަޑިއިރުތެރޭ ދެމީހަކު ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން 24 ގަޑިއިރު ތެރޭގައި ދެވަނަ މީހަކު ނިޔާވެއްޖެއެވެ. އެޗްޕީއޭއިން ބުނީ ކޯވިޑްގައި ރޭ އެންމެ ފުރަތަމަ ...

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ

ކަނޑާ ވައްޓާލި ފެންފޯއް ރުކެއް މަގުން ސައިކަލް ދުއްވާފައިދިޔަ މީހެއްގެ ގައިގައި ޖެހި އަނިޔާތަކެއް ލިބިއްޖެ މީދޫ ދެށިނާ ...

ޕްރައިވެޓް ޖެޓެއްގައިރައީސް ނަޝީދު ފަރުވާއަށް، ޖަރުމަނަށް ފުރައިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއިން ލިބިވަޑައިގަތް ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ...