އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 18 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.  

އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ބުދަ ދުވަހުގެ އިރުއޮއްސި ހަޔަކުން  ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކަށް އައްޑޫސިޓީން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ނެގުނު  ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހީންނާއި 1 ބިދޭސީއެކެވެ.

އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 18 މީހުންގެ ތެރޭގައި ހިމެނެނީ ހިތަދުން ޕޮޒިޓިވް ވެފައިވާ 17 މީހަކާއި   ފޭދުން ޕޮޒިޓިވްވި މީހެއްކަމަށް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައި ވެއެވެ.  

 އައްޑޫސިޓީން ކޮވިޑްޖެހުނު މީހުންގެ ތެރެއިން ބުދަ ދުވަހުގެ  އިރުއޮއްސި ހަޔަކުން  ބުރާސްފަތި ދުވަހުގެ އިރުއޮއްސި ހަޔަކާއި ހަމައަށް   އެއްވެސް މީހަކު ބަލިން ފަސޭހަވެގެން ދޫކޮށްލާފައިނުވާކަމަށްވެސް އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ.

 އައްޑޫސިޓީން އަލަށް ޕޮޒިޓިވްވި 18 މީހުންނާއެކު އައްޑޫސިޓީގެ  އެކްޓިވް ކޭސްގެ މިހާރުގެ އަދަދަކީ 252 އެވެ. އެއީ ހިތަދޫގައި ތިބި 148މީހަކާއި މަރަދޫގައި ތިބި 16 މީހަކާއި މަރަދޫފޭދޫގައި ތިބި 29 މީހަކާއި ފޭދޫގައި ތިބި 56 މީހަކާއި މީދޫގައި ތިބި 2 މީހުންގެ އިތުރަށް ހުޅުދޫގައި 1 މީހުންނެވެ.

އައްޑޫއިން މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުޓުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 1726 މީކެވެ. އަދި އޭގެތެރެއިން މިހާތަނަށް ބަލިން ފަސޭހަވެގެން  1471 މީހަކު ވަނީ ދޫކޮށްލެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް-19: ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެއްސަކު

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ކޮވިޑް 19 އަށް ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ ދިވެއްސަކު ނިޔާވެއްޖެ އެވެ. ...

މާލޭގައި ތިބި މީހުން ސަރުކާރުގެ ޚަރަދުގައި ރަށަށް ފޮނުވުމަށްފަހު ގޭގައި ކަރަންޓީނު ކުރަނީ

  ކޯވިޑް-19 އާއި ގުޅިގެން މާލޭގައި ފުރަބަންދުގައިވާ ފަރާތްތައް ރަށްރަށަށް ގޮސް ގޭގައި ކަރަންޓީނު ކުރެވޭ ގޮތް ހަމަޖައްސައި ...

ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަކުރެވޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި

ބޭންކިން ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި ވީހާވެސް ފަސޭހައި ރަޖިސްޓަކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ...