މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ޓޯއިން ފެނިވަޑައިގަންނަނީ މީދޫ މަޖުދުއްދީން މަގުގައި ވިއްސާރަވެ ފެންހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. ވިއްސާރައިގެ އަސަރު ކޮށްފިނަމަ މިމަގުގައި އޮންނަނީ ފެންގަނޑު ހެދި ޗަކަ ވެފައެވެ. އެހެންކަމުން މިމަގުގައި ހެދިފައިހުންނަ ވަޅުތަކުގެ ސަބަބުން މިމަގު ބޭނުން ކުރާ އާންމުންނަށް ވަރަށްބޮޑެތި އުދަގޫތަކާ ދިމާވަމުންދެއެވެ. އަދި މިމަގުގައި ސައިކަލު ދުއްވަމުން ދާއިރު މިދުއްވެނީ ރަށެއްގެ ފުއްޓަރުގެ ގާތައް މަތީގައޭ ހީވާފަހަރުވެސް މަދެއްނޫނެވެ.
ވިއްސާރަވެ މިމަގުގައި ހެދިފައި އޮންނަ ފެންގަޑުގެ ތެރެއިން ވެހިކަލްތައް ދުއްވުމުން މަގުގެ ދެރަފާތަށް ފަސްއަރައި މަގުގެ މެދުގައި ބޮޑެތި ވަޅުގަޑުތައް ހެދެއެވެ. މިގޮތައް ހެދޭ ވަޅުގަޑުތަކަށް ކޮންމެފަހަރަކު ފަސްއަޅައި މަގު އެއްވަރު ކުރުމުގެ މަސައްކަތް މުނިސިޕަލްސާވިސްގެ މުވައްޒަފުން ކުރަމުންދެއެވެ. މިގޮތައް ކޮންމެ ފަހަރަކު މަގުގައި ހެދޭ ވަޅުގަޑުތަކަށް ފަސް އެޅުމުގެ ސަބަބުން މަގުގެ ދެފަރާތުގައި ހުރި ގޯތިތައް މަގަށްވުރެ ތިރިވެ މަގުގައި ހެދޭ ފެންގަޑުގެތެރެއިން ކާރު އަދި ޕިކަޕްފަދަ ވެހިކަލްތައް ދުއްވުމުން މަގުގައި ހެދިފައި ހުންނަ ފެންގަޑު ގޯތީގެ ތެރެއަށް ދަނީ ވަންނަމުންނެވެ.
މިކަންތައްތައް މިމަގުގެ ދެފަރާތުގައި ހުރި ގޯތި ތަކުގައި އުޅެމުންދާ މީހުން ތަޖުރިބާ ކުރަމުންދާތާ ގިނަދުވަސް ތަކެއްމިވަނީ ވެފައެވެ.
ވީމާ މިމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ކުރީންވެސް ރަށު ކައުންސިލުންނާއި ސަރުކާރުގެ ފަރާތުން، ރައްޔިތުންނަށް ފަސޭހައިން މިމަގު ބޭނުންކުރެވޭނެގޮތެއް ހައްދަވައި ދެއްވައި މިމަގުގެ ދެފަރާތުގައި ހުރި ގޯތިތަކަށް ފެންނުވަންނާނެ ގޮތެއް ހަދަދިނުމުގައި މިހާރަށްވުރެ މުރާލި ވުމަކީ ހަމަ އެންމެ ރައްޔިތުންވެސް ބޭނުންވާނެ ކަމެކެވެ.
ކޮމެންޓްސް (0)