” ރަށްވެހި ފަތިސް ” މިޝިއާރުގެ ދަށުން ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުޅުދޫގައިވެސް ފަށައިފި

advertisement

އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބޭނުން ކުރާ ސްލޯގަން “ރަށްވެހި ފަތިސް” މިނަމުގައި އެމްޑީޕީން ކުރިއަށް ގެންދާ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މިއަދު ހެނދު މުޅި ރާއްޖޭގައި ފަށައިފިއެވެ.

މިގޮތުން މިހަރަކާތް އައްޑޫސިޓީ ހުޅުދޫގައިވެސް މިއަދު ހެނދުވަނީ ފަށާފައެވެ. ހުޅުދޫގައި ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް މިއަދު ހެނދު ފެށުމުގެ ރަސްމިއްޔާތުގައި ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

” ރަށްވެހި ފަތިސް ” މިޝިއާރުގެ ދަށުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުޅުދޫގައިވެސް ފަށައިފި

އިލްޔާސް ލަބީބުގެ އިތުރުން ޕޯސްޓަރު ހަރުކުރުމުގެ މިރަސްމިއްޔާތުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ ފައިޒްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޕްރައިމަރީގައި ވާދަކުރައްވާ ދުސޫމާއާއި މިރުފާގެ އިތުރަށް ގިނަ އަދަދެއްގެ ހުޅުދޫގެ ރަށްޔިތުން ބައިވެރިވެފައިވެއެވެ.

” ރަށްވެހި ފަތިސް ” މިޝިއާރުގެ ދަށުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުޅުދޫގައިވެސް ފަށައިފި

އެމްޑީޕީގެ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ރަސްމިއްޔާތު ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރުން ކަމަށެވެ.  ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ޖެހޭ މުހިންމު މަގްސަދުތަކެއް ހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

” ރަށްވެހި ފަތިސް ” މިޝިއާރުގެ ދަށުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުޅުދޫގައިވެސް ފަށައިފި

އެމަނިކުފާނު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ދާދި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކަށް ބާރުތަކެއް ދީފައި ހުރުމުން ސަރުކާރުން ހިންގަން ޖެހޭ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

” ރަށްވެހި ފަތިސް ” މިޝިއާރުގެ ދަށުން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ހުޅުދޫގައިވެސް ފަށައިފި

” ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލްތަކުގައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް.  ވީމާ އަޅުގަނޑުމެންނަށް ގަބޫލު ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން މިކަމަށް ބަރާބަރަށް ތައްޔާރަށް ތިބި ކަމަށް،” ރައްޔިތުންގެ މަޖިލިހުގެ ރައީސް، މުހައްމަދު ނަޝީދާއި މަޖިލިހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ހަރަކާތުގައި ނޫސްވެރީންނާއި ވާހަކަ ދައްކަވަމުން  ރައީސް ސޯލިހް ވިދާޅުވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި ...

ޗެލެންޖާސް އާއި އުސްގަޑަ ޖޫނިއާސްގެ ކުރިމަތިލުން އެއްވަރު

ގައުމު އެފްސީން  އިންތިޒާމުކޮށްގެން މީދޫގައި  ބާއްވާ “ގައުމު ސްޓްރީޓް ކަޕް” ފުޓްބޯޅަ މުބާރާތުގައި ގްރޫޕް އޭގައި ހިމެނޭ ޓީމްތަކުގެ ...

ކޮވިޑް-19 : 112 ދިވެހީންނާއެކު އިއްޔެ ބަލި ޖެހުން މީހުންގެ ޢަދަދަކީ 125

ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ...