ފަސޭހަކަމާއެކު މީދޫ ބަލިކޮށް ހިތަދޫއިން ފައިނަލްގެ އުއްމީދު އާކޮށްފި

20 އަހަރުން ދަށުގެ އައްޑޫ ޔޫތު ޗެލެންޖް 2020 ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު  ހިތަދޫއާއި އާއި މީދޫ ބައްދަލު ކުރި މެޗު ފަހަތުން އަރައި ތަފާތު ބޮޑުކޮށް މީދޫޓީމް ބަލިކޮށް ހިތަދޫޓީމްމެޗް ކާމިޔާބު ކޮށްފިއެވެ.

މީދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ހިތަދޫ ޓީމު ކާމިޔާބު ކުރީ 5-1ގެ ނަތީޖާ އަކުންނެވެ. މެޗުގެ ވަރަށް ކުރީ ކޮޅު މީދޫޓީމުން ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑު ނަގާފައެވެ. މެޗުގެ 18 ވަނަ މިނެޓްގައި މީދޫޓީމަށް މި ލަނޑު ކާމިޔާބުކޮށް ދިނީ ގުސައްޔުއެވެ.

މީދޫޓީމުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދި ނަމަވެސް އެޓީމަށް އެލީޑުގައި ހިފަހައްޓާލެވުނީ 9 މިނިޓް ވަންދެންނެވެ. އެއީ މީދޫޓީމުން ލަނޑު ކާމިޔާބުކުރިތާ  9 މިނެޓް ފަހުން މެޗްގެ 27 ވަނަ މިނިޓްގައި ހިތަދޫޓީމުން   ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ  އެއްވަރު ކޮށްފައިވާތީއެވެ. ހިތަދޫޓީމަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިން މިލަނޑު ކާމިޔާބުކޮށްދިނީ  މުހައްމަދު ސަބާހުއެވެ.

މެޗުގެ ފުރަތަމަ ހާފް 1-1 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފަށް ނިކުމެ ހިތަދޫޓީމުން ވަނީ އެޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ. އެގޮތުން ހިތަދޫޓީމުންވަނީ މެޗްގެ 52 ވަނަ މިނިޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޒަކްވާންއެވެ.

މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާ ސަބާހުއާއި މިއަދުމެޗްގެ ޝަރަފްވެރި މެހްމާން ސުލްވާން

އަދި އޭގެ 7 މިމިނިޓް ފަހުން މެޗުގެ 59 ވަނަ މިނެޓްގައި ހިތަދޫޓީމުގެ އަހުމަދު ޔުސްރު ވަނީ އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ހިތަދޫޓީމްގެ ކުޅުންތެރީންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމުން ކާމިޔާބުކުރި 4 ވަނަ ލަނޑު މެޗްގެ 86 ވަނަ މިނިޓްގައި  ކާމިޔާބުކޮށްދިނީ މިމެޗްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އީމާން ނަޒީރުއެވެ.

މިމެޗްގައި ހިތަދޫޓީމުން ކާމިޔާބުކުރި 5 ވަނަ ލަނޑު 94 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ސަބާހުއެވެ.

މިމެޗުން މޮޅުވުމުން ހިތަދޫޓީމަށް މިމުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުވެފައިވާއިރު އެޓީމަށް 3 މެޗުކުޅެގެން ލިބިފައިވަނީ 6 ޕޮއިންޓެވެ. މީދޫޓީމަށް 3 މެޗުން  4 ޕޮއިންޓް ލިބިފައިވާއިރު މަރަދޫޓީމަށް 3 މެޗުން 7 ޕޮއިންޓް ލިބިފައިވެއެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫޓީމަށް މިމެޗްގައި ދެގޯލް ކާމިޔާބުކޮށްދިން ޖޯޒީ ނަމްބަރު 13 މުހައްމަދު ސަބާހު މަންސޫރެވެ.

މެޗަށް ނިކުތީ ތިން ޕޮއިންޓް ނެގުމަށް ޓާގެޓްކޮށްގެން. އެކަމަކު މަރަދޫޓީމާ ވާދަކޮށް އެއްވަރުކޮށް ފޭދޫޓީމް އަތުން މީދޫޓީމް މޮޅުވެފައިވާތީ އަހަރެމެން ހީއެއް ނުކުރަން މިހާ ފަސޭހަކޮށް މިމެޗުން މޮޅުވާނެކަމަށް . އަހަރެމެން އައީ މީދޫޓީމަކީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ބަލައިގެން ވަރަށް ޓަފް މެޗަކަށް ތައްޔާރުވެގެން . ” އިއްޔެ މެޗާއި ބެހޭގޮތުން ހިތަދޫޓީމް ކޯޗް ބުނެފައިވެއެވެ.

” މީދޫޓީމް ފުރަތަމަ ހާފްގައި ވަރަށް ރަގަޅަށް ކުޅުނު ، އެކަމަކު ދެވަނަ ހާފް ކުޅުން ފަށައިގެން ވަރަށް ކުރީކޮޅު  އެޓީމް ކޮޅަށް 2 ވަނަ ލަނޑު ވަނުމާއެކު މުޅިމެޗް ބަދަލުވެގެންދިޔަ ، އެހިސާބުން ފެށިގެން އަހަރެމެންނަށް މުޅިމެޗްގެ ކޮންޓްރޯލް ލިބުނު ” ހިތަދޫޓީމްގެ ކޯޗް އިތުރަށް ބުނެފައިވެއެވެ.

އެހާތަފާތު ބޮޑުކޮށް އެޓީމް މޮޅުވީ  މީދޫޓީމްގެ މިޑްފީލްޑާ ވިޝޫއާއި ޑިފެންޑާ މާހިން އަށް  އަނިޔާވުމުގެ ސަބަބުން އެދެކުޅުންތެރީން ބަދަލު ކުރަން ޖެހުމުން ، އެކަކަމު ހިތަދޫޓީމްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ހައްގު”  އިއްޔެގެ މެޗާއިބެހޭގޮތުން މީދޫޓީމްގެ ކޯޗް ބުނެފައިވެއެވެ.

އިއްޔެގެ މިމެޗާއި ބެހޭގޮތުން ފުޓްބޯޅަ ކުޅޭ އަދި ފުޓްބޯޅައިގެ ކަންތައްތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ނަން ހާމަ ކުރަން ނޭދޭ މީދޫ މީހަކު ބުނީ މީދޫ ޓީމް އިއްޔެ އެކުޅުނު ކުޅުމަށްވުރެ ރަގަޅަށް އެޓީމަށް ކުޅެވޭނެކަމަށް ގަބޫލް ކުރާކަމަށެވެ.

” އެޓީމުގެ ދެފަރާތުން ކުރިއަށް ކުޅެން އެތިބި ދެކުޅުންތެރީންނަށްވުރެ ވަކި ސްޕީޑް ރަގަޅު ދެކުޅުންތެރިއަކު މިމުބާރާތުގައި ކުޅޭ އެއްވެސް ޓީމަކުން ނުނެފޭ ، އެދެކުޅުންތެރީންނަށް ބޯޅަ ގިނައިން ލިބޭނެ ގޮތަކަށް އެޓީމުގެ ފޯމޭޝަން، ކުޅޭ ޕޮޒިޝަންތަކަށް ބަދަލުތަކެއް ގެނެސްގެން ކުޅެފިކަމަށްވާނަމަ  އެޓީމަށް ހިތަދޫޓީމްވެސް ބަލިކުރެވޭނެ.  ” ފުޓްބޯޅައިގެ ކަންތައްތަކުގައި މިހާރުވެސް ހަރަކާތްތެރިވާ ނަން ހާމަ ކުރަން ނޭދޭ މީދޫ މީހާ ބުނެފައިވެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމައިފި

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމައިފިއެވެ. ހަތާވީސް” އޮންލައިންހައި ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން ...

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެ

ކޮވިޑު-19 ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ. ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްވަމުން ...

މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް ...