ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކިކުރަން ނިންމައިފި

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރުމަށް ފުލުހުންގެ ބޯޑުން ނިންމައިފިއެވެ.

ހަތާވީސް” އޮންލައިންހައި ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބޯޑުން އަންނަނީ ފުލުހުންގެ ގިނަ އަދަދެއްގެ އޮފިސަރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އޭގެތެރެއިން ބައެއް އޮފިސަރުން މަގާމުން ވަކި ކުރުމަށް މިއަދު ވަނީ ނިންމައިފައެވެ.

ފުލުހުންގެ ހިދުމަތުގައި ތިބި މީހުންނަކީ ގާބިލް ބައެއް ކަމަށް ބެލުމުގެ ޒިންމާ ފުލުހުންގެ ގާނޫނުން ހަވާލު ކޮށްފައި ވަނީ ފުލުސް ބޯޑަށެވެ. އެގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ތެރޭގައި އެ މަސައްކަތް ނިންމަން ޖެހޭއިރު މިއަދު ވަނީ އެ މަސައްކަތުގެ މުއްދަތު ހަމަވެފައެވެ.

މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑު ނިންމި އޮފިސަރުން

  • ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު (ޑޭވިޑް)
  • އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ (ފަރޭ)
  • ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު
  • އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު (ޖަންބެ)
  • އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދު
  • ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް
  • ޗީފް ސުޕްރިންޓެންޑެންޓް ޝަރީފް

އެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާއިރު ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރު އޮފް ޕޮލިސް ފިޔަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓު ކުރެވިފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެ މީހެއްގެ ތަޢުލީމީ ފެންވަރާއި އެމީހަކު ފުލުހުންގެ ތެރޭގައި އަދާކުރަމުންދާ ދައުރާއި، އެމީހަކު ކޮށްފައިވާ ހިދުމަތާއި، ސުލޫކާއި، އެމީހެއްގެ މަސައްކަތުގެ އަހްލާގާއި އެމީހަކާމެދު ކުރެވިފައިވާ ތުހުމަތުގެ ތަބީއަތާއި، އެ މައް ސަލައަކާ ގުޅޭގޮތުން ލިބެންހުރި ހެއްކާއި ގަރީނާއަށް ޕޮލިސް ބޯޑުން ރިއާޔަތް ކުރަން ވާނެ ކަމަށެވެ.

މީގެ އިތުރުންވެސް ހެޑް އޮފް ޓްރެއިނިން އެންޑް ޑިވެލޮޕްމެންޓްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީނާއި އަދި ކުރީގެ ފުލުހުންގެ ތަރުޖަމާން ޝިފާނުގެ މައްސަލައެއް ބޯޑުން ބަލަމުން އަންނަ ކަމުގެ މައުލޫމާތު މި ނޫހަށް ވަނީ ލިބިފައެވެ.

މިއަދު ވަކިކުރަން ނިންމި ފުލުހުންގެ އިސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ދާއޫދަކީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަން އިން އެކުލަވާލާފައިވާ ލިސްޓުގައި ވެސް ހިމެނޭ އޮފިސަރެކެވެ.

ގާނޫނު ބުނާ ގޮތުން ޕޮލިސް ބޯޑުން ނިންމާ ނިންމުން ތަންފީޛުކުރުމަށް ކޮމިޝަނަރު އޮފް ޕޮލިސްއަށް ޕޮލިސް ބޯޑުން ފޮނުވަންވާނެއެވެ. އަދި އެ ނިންމުން ތަންފީޒު ކުރައްވާނީ ކޮމިޝަނަރު އޮފް ޕޮލިސްއެވެ.

މަސްދަރު: ހަތާވީސް އޮންލައިން

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލް ކަޓުވާލުމަށްފަހު އަތޮޅުމަދަރުސާ އަދި ހިތަދޫ ސްކޫލް ފައިނަލަށް

އައްޑޫސިޓީ  16 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ...

މީދޫން ރައީސް ސޯލިހުއަށް ދެއްވާ ތާއިދަށް ރައީސް ސޯލިހު ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފި

މީދޫން ރައީސް ސޯލިހުއަށް ދެއްވާ ތާއިދަށް ރައީސް ސޯލިހު ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ސޯލިހު މިގޮތައް ...

ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތުގައި މައުމޫންގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ރައްޔިތުން މަޖިލީުގެ މެމްބަރުންނަށް ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން މަސައްކަތްކުރާކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދޫލް ޤައްޔޫމްގެ އަރިސް ...