މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލް ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ފްރާންސްއިން ވަނީ މިމެޗްގައި އެޓީމް ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތިއޯ ހެނާންޑޭޒްއެވެ.

ފްރާންސްގެ މިލަނޑަށްފަހު މޮރޮކޯއިން ވަނީ ފްރާންސްގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން އޭރިއާ ބޭރުން އަޒެދީން އުނާހީ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސްއެވެ.

އަދި ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް މޮރޮކޯގެ އެލް ޔަމީކް އޯވަހެޑް ކިކަކުން ފޮނުވާލި ބާރު ހަމަލާވެސް ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި މޮރޮކޯއަށް ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ހަމްދުﷲ އަށެވެ. އެކަމަކު އޭނާ ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލުން ލަސްކުރުމުން ފުރުސަތު ވަނީ ގެއްލިފައެވެ.

މިމެޗްގައި ފްރާންސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މޮރޮކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެމްބާޕޭ ފޮނުވާލި ބޯޅަ ލިބުނީ އޭރިއާތެރޭގައި މުޅިން ހުސްކޮށް ހުރި ރަންޑަލް ކޯލޯއަށެވެ. އޭނާ ވަނީ އެއް ފަހަރުން ގޯލަށް ބޯޅަ ފޮނުވާލާ ފްރާންސްއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ ކުޅެން އެރިތާ 44 ސިކުންތުގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ފްރާންސްއިން ދެވަނަ ލަނޑު ޖެހިފަހުންވެސް މޮރޮކޯއަށް ވަނީ ލަނޑު ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ފްރާންސްއިން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ފްރާންސްއިން ތަށި ދިފާއުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ބްރެޒިލާއި އިޓަލީއަށްފަހު މި ތަށި ދިފާއުކުރާ ފުރަތަމަ ޓީމަށެވެ.

މޮރޮކޯއިން އަންނަ ހޮނިހިރު ދުވަހުގެރޭ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ނުކުންނާނީ ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. މި ދެ ޓީމު ވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ބައްދަލުކޮށްފައެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕޮލިސް ކަޕް ފައިނަލުގެ ދެވަނަ ޖާގަ ރެފިއުޖީ ހޯދައިފި

ޕޮލިސް ކަޕް 2019 ގެ ފައިނަލުން ރެފިއުޖީ ޖާގަ ހޯދައިފިއެވެ. ޕޮލިސް ކަޕްގައި ވާދަކުރާ އެންމެ މޮޅު ޓީމްކަމުގައި ...

ރިޗާލިސަންގެ ދެލަނޑާއެކު ބްރެޒިލުން ސާބިއާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި

ފީފާ ވޯލްޑްކަޕް 2022 ގެ ގްރޫޕް ޖީގައި ބުރާސްފަތި ދުވަހުގެރޭ ފަސްފަހަރުގެ ދުނިޔޭގެ ޗެމްޕިއަން ބްރެޒިލުން ސާބިއާ ބަލިކޮށް ...

އިމްރާން ކުޅުން ހުއްޓާލާމެޗްގައި ބައިވެރިވުމަށް ސަލްގާޑޯ ރާއްޖެ އަތުވެއްޖެ

ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ރާއްޖެ އަތުވެއްޖެއެވެ. ސަލްގާޑޯ ރާއްޖެ އައިސްފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ...