ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް މާދަމާ ކުޅުދުއްފުއްޓަށް

މިއަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މާދަމާ ކުޅުދުއްފުށީ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ސިޓީ ކައުންސިލުން ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ރެސިޑެންޓް ކޯޑިނޭޓަރގެ އޮފީހާއި ގުޅިގެންނެވެ. އެގޮތުން ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރގެ ދައުވަތަށް، ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު އެވެ. ނައިބު ރައީސްގެ އިތުރުން އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެޒްވެލްވެސް މާދަމާ ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ.

މިއަހަރު ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީ ސިޓިގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ޒުވާނުންގެ ހޮޅުއަށީގެ ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި ނަފްސާނީ ދުޅަހެޔޮކަން، އިގްތިސާދީ ފުދުންތެރިކަން، ގާނޫނީ އަހުލުވެރިކަން އަދި ގެވެށި އަނިޔާ އާއި އަންހެނަކަށްވީތީ ކުރާ ތަފާތުކުރުންތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް މައުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ޖީލުތައް އެއްބައިވަންތަ ކުރުމާއި ގުޅޭ ވީޑިއޯ އާއި ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒު އިފްތިތާހްކޮށްދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ސަގާފީ މަސައްކަތް ދިރުވުމުގެ މައުރަޒުގައި 3 ރަށަކުން ބައިވެރިވެފައިވާއިރު، މި މަސައްކަތް ދައްކާލުން އޮންނާނީ 13 ވަނަ ދުވަހު ޖަލާލުއްދީން ސްކޫލުގަ އެވެ. މީގެއިތުރުން ޒުވާނުންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި ގަސް އިންދުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ

މަސްދަރު: ދިޑެއިލީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 10  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ރޭ ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް ...

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް ޢަލީ ޚާލިދު އައްޔަންކުރައްވައިފި

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރގެ މަޤާމަށް މ.ފިނިފަރު، ޢަލީ ޚާލިދު އައްޔަން ކުރައްވައިފިއެވެ. ޢަލީ ޚާލިދަކީ ...