ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަކީ ޚިޔާނާތްތެރިއެއްކަމަށް ކުރީގެ ނާއިބްރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ސިފަކުރައްވައިފިއެވެ.
ސީޔާސީ ދާއިރާގައި ޖަމީލުއާއިއެކު މަސައްކަތް ކުރައްވަމުން ގެންދެވި އަމީންގެ ފޮޓޯއެއް ޓުވިޓް ކުރައްވާ ޖަމީލް ވިދާޅުވީ މިފެންނަނީ އަސްލު ހަގީގަތްކަމަށާ ދުނިޔޭގެ ނިސްބަތުން މިވައިރަހާ ދެކޮޅަށް އެންމެބޮޑު ޚަރަދެއްކުރަނީ ރާއްޖެއިންކަމަށެވެ. އަދި އެންމެ ނަތީޖާ ދަށްގައުމަކީވެސް ރާއްޖެކަމަށް ޖަމީލުގެ ޓުވިޓާގައި ވަނީ ވިދާޅުވެފައެވެ.
ކޮވިޑް 19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެގް ގްރޫޕްގެ އެންމެ އިސް ބޭފުޅުންނާއި ޕޮލިސްކޮމިޝަނަރ މުހައްމަދު ހަމީދާއި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭ ދެފޮޓޯއެއް ޓުވިޓް ކުރައްވަމުން ޑރ. ޖަމީލު ލިއުއްވާފައިވަނީ މިފެންނަނީ އަސްލު ހަގީގަތްކަމަށާ ދުނިޔޭގެ ނިސްބަތުން އެންމެބޮޑު ޚަރަދެއްކޮށް އެންމެ ނަތީޖާ ދަށްގައުމުކީ މިއީކަމަށް ޖަމީލުގެ ޓުވިޓާގައި ބުނެފައިވެއެވެ.
ޕޯސްމޯޓަމުން މުޅިންވެސް ފެންނަނީ ޚިޔާނާތްތެރިންކަމަށާ މަންޒަރު ސާފްވެއްޖެކަމަށް ޖަމީލުވަނީ ވިދާޅުވެފައެވެ. އަދި ގާބިލްކަމެއް ލީޑާރ ޝިޕެއްވެސް ނެތްކަމަށާ ދެންއޮތީ ސަލާމަތްތެރިކަން ހޯދަން ނުކުތުންކަމަށް ޖަމީލުގެ ޓުވިޓާގައި ހާމަކޮށްފައިވެއެވެ.
ޖަމީލުއާއި އަމީނުއަކީ ގައުމީޕާޓީގައިވެސް އިސްސަފުގައި މަސައްކަތްކުރެއްވި ދެބޭފުޅުންނެވެ.
ކޮވިޑާއިގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖަމީލު އަންނަނީ ވަރަށްބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓްސް (0)