ކޯވިޑް-19 : އިތުރު 37 މީހަކު ޕޮޒިޓިވްވެއްޖެ

އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދު 1143އަށް އިތުވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހުންނާއި، އިންޑިއާގެ 3 މީހުންނެވެ.

ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މިހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ. މިބަލި ޖެހުނު މީހުންގެތެރެއިން މިހާތަނަށް 80 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ދަށްވާން ފަށާފައިވާކަމަށް ނޭޗަނަލް އެމެޖެންސީ އޮޕަރޭޗަން ސެންޓަރުން ވިދާޅުވެއެވެ. ކޮންމެ ދުވަހު 350އަށްވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އައިސްފައިވީނަމަވެސް، މިދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން އެންއީއޯސީގެ އޮޕަރޭޝަނަށް އިތުރު ދަތިތައް ދިމާވެފައިވާކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

އެގޮތުން މޫސުންގޮސްވުމުން އޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާކަމަށާ، ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި އެނޫންވެސް ބައެއް ލަސްތައް އައިނަމަވެސް އެ ވީހާވެސް އަވަހަށް ޓޭސްޓްކޮށް ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރަމުން އަންނަކަމށެވެ.

އެންއީއޯސީން ވިދާޅުވީ، ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވެފައިވާކަމަށާއި، އެހެންކަމުން އިތުރު ކޭސްތަކެއްގެ ނަތީޖާ މިރެއާއި މާދަމާ ލިބުމުގެ ފުރުޞަތު ބޮޑުކަމަށެވެ. މިދުވަސްވަރު ގޭބީސީތަކުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަމުންދާތީ އެކަމަށް ވީހާވެސްބޮޑަށް އެއްބާރުލުން ދިނުމަށް އެސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : އިތުރު 19 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެއެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓީވްވި މީހުންގެ އަދަދު ވަނީ 785އަށް ...

ރާއްޖޭގެ އިގްތިޞާދު ރިސެޓް ކުރުން

މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖެ މި އޮތީ ފުރަބަންދުކޮށްފައެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައެވެ. ...

ތަފާތުކުރުމުގެ ގޮތުން ދިމާކޮށް ފުރައްސާރަކުރުމަކީ ހޭލުންތެރި މުޖުތަމައެއްގައި ހިނގައިގެންވާނެ ކަމެއް ނޫން

ކަމަކަށް ހެޔޮ ބަދަލެއް ގެނެވޭނީ ހެޔޮ ބަދަލުތަކަށް ޖާގަދޭ ވިސްނުން ގެންގުޅެގެންނެވެ. ހެޔޮ ބަދަލުތަކަށް މަރުޙަބާ ކިއުމުގެ ބަދަލުގައި ...