ކޮވިޑް19 އަށް ޕޮޒިޓިވް އިޓަލީގެ ޔުއެންޓާސްގެ ފޯވާޑް  ޑިބާލާ ރަގަޅުވެއްޖެވެ. ޑިބާލާ އެންމެ ފުރަތަމަ މިވައިރަހަށް ޕޮޒިޓިވްވީ މާރޗްމަހުގެ 21 ވަނަ ދުވަހުއެވެ. އެކަމަކު ބުދަދުވަހު ޔުއެންޓާސްއިންވަނީ ޑިބާލާ ވައިރަހުން  އެއްކޮށް ރަގަޅުވެފައިވާކަން އިއުލާންކޮށްފައެވެ.

ޔުއެންޓާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޮޓޮކޯލްގެ ދަށުން ޑިބާލާ ދެފަހަރު ކޮވިޑް 19 އަށް ޓެސްޓްކުރިކަމަށާ ދެޓެސްޓްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާކަމަށެވެ. ކޮވިޑް 19 އިން ޑިބާލާ ރަގަޅުވިއިރު މީގެ ކުރީން މިވައިރަސްޖެހުނު އެޓީމުގެ މިޑްފިލްޑާ ޕްލައިސް މަޓޫޑީއާއި ޑިފެންޑަރ ޑެނިއަލީ ރުގާނީ ވެސް ވަނީ މިވައިރަހުން ރަގަޅުވެފައެވެ.

ޔުއެންޓާސްގެ ހުރިހާ ކުޅުންތެރީން ކޮވިޑް 19 އިން ސަލާމަތްވިއިރު އެޓީމުން އަންނަނީ ފަރިތަކުރުންތައް ފަށަން ތައްޔާރުވަމުންނެވެ. މީގެ ކުރީން ކުޅުންތެރީން އެކަނި ތަމްރީނުކުރުމުގެ ހުއްދަ އިޓަލީގެ ސަރުކާރުން ދީފައވާއިރު މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކްލަބްތަކަށް އެކީ ތަމްރީނުތައް ހެދުމަށް ފުރުސަތު ލިބޭނެކަމަށްވަނީ ހާމަކޮށްފައެވެ. އަދި އިޓަލިއަން ލީގު އަލުން ފެށުމަށް ތައްޔާރުވަމުންދާތީ ޔުއެންޓާސްއަށް ކުޅެމުން އަންނަ ޕޯޗްގަލްގެ ފޯވާޑް ރޮނާލްވެސްވަނީ ދާދިފަހުން އެނބުރި އިޓަލީއަށް ގޮސްފައެވެ. އެކަމަކު ރޮނާލްޑޯ ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރާނެއެވެ. ރިޕޯޓްތައް ބުނާގޮތުން މެއި މަހުގެ 27 އާއި ޖޫން މަހުގެ ދޭކާ ދެމެދު އިޓަލިއަން ލީގުގެ ކުޅުން ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފި

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގައި  ބޭނުންކުރުމަށް ގެނައި އެމްއާރުއައި މެޝިން އައްޑުއަށް ގެނެސްފިއެވެ. މިއެމްއާރުއައި މެޝިން ގަމަށް ގެނެސްފައިވަނީ ދުނިޔޭގެ ...

ކައުންސިލްތަކަށް ލޯނު ނަގައި ލޯނު ދޫކުރެވޭ ގޮތް ހަދައިފި

ލޯކަލް ކައުންސިލްތަކުން ޒިންމާވާ ގޮތަށް ލޯން ނެގޭނެ ގޮތް ފަހިކުރުމަށްޓަކައި މާލިއްޔަތުގެ ގާނޫނަށް ރާއްޖެ މަޖިލީހުން އިސްލާހު ގެނައި ...

އައްޑޫސިޓީންއިއްޔެ ޕޮޒިޓިވް ކޭސްއެއް ނުފެނޭ – 3 މީހުން ބަލިން ރަނގަޅުވި

އައްޑޫސިޓީން އިއްޔެ ކޮވިޑުގެ ޕޮޒިޓިވް ކޭސްއެއް ނުފެންނަކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ. އައްޑޫ އެމަޖެންސީ އޮޕަރޭޝަން ...