އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހޭންޑް ސެނިޓައިޒާ މިރެއިން މިރެއަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ހެޕީ މާކެޓުން ފަށައިފި އެވެ.

އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ އެކުންފުނީގެ  މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

” އައްޑޫ ހޮސްޕިޓަލަށް މިވަގުތަށް ބޭނުންވާ ހޭންޑްސެނިޓައިޒާ މިރެއިން މިރެއަށް ހެޕީމާކެޓުން ފޯރުކޮށްދޭނެ . ﷲ ގެ އިރާދަފުޅުން ހޭންޑް ސެނިޓައިޒާ ނެތިގެން ޚިދުމަތައް ބުރުއެރިޔަ ނުދެވޭތޯ އަޅުގަޑުމެން ބަލާނަން ” ހެޕީ މާކެޓްގެ މެނޭޖިންގ ޑިރެކްޓަރ އަލީ އިހުސާނު ކުރެއްވި ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

ހެޕީމާކެޓްގެ މެނޭޖިން ޑިރެކްޓަރު އަލީ އިހުސާން ކުރެއްވި ޓްވީޓް

ހެޕީ މާކެޓުން އައްޑޫ ހޮސްޕިޓަލަށް އެހީވާން ނިންމި އިރު، އެ ކުންފުންޏަކީ އައްޑޫގެ ވިޔަފާވެރިއެއްގެ ކުންފުންޏެކެވެ. އަދި ހެޕީ މާކެޓް ހިއްސާވާ ގޮތަށް އައްޑޫ ފޭދޫގައި އަންނަނީ އެއިމްސް ޑައިގްނޯސްޓިކްގެ ނަމުގައި 2015 އިން ފެށިގެން ކްލިނިކެއް ވެސް ހިންގަމުންނެވެ.

ހެޕީމާކެޓުން މިރެއިން މިރެއަށް އައްޑޫ ހޮސްޕިޓަލަށް ސެނިޓައިޒާގެ އެހީ ދޭން ނިންމާފައި މިވަނީ އައްޑޫ ހޮސްޕިޓަލުގެ  މެނޭޖަރު ޝަރަފުއް ސާދާތު މާސްކާއި ސެނިޓައިޒާ އާއި ޕީޕީއީގެ ސްޓޮކް އެ ހޮސްޕިޓަލުގައި އެކަށީގެންވާވަރަށް ނެތްކަމަށް  މިއަދު ވިދާޅުވެފައިވަނިކޮށެވެ.

އައްޑޫ ހޮސްޕިޓަލުގެ މެނޭޖަރ މިއަދު އައްޑޫގައި ބޭއްވުނު ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ކޮވިޑަށް ފަރުވާ ދިނުމުގައި ބޭނުންކުރާ ބައެއް އެއްޗެހީގެ ސްޓޮކް އެންމެ އެކަށީގެންވާ ވަރަށް މި ވަގުތު އެ ހޮސްޕިޓަލުގައިނެތްކަމަށެވެ.

އަދި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އައްޑޫގައި އޮތް ކަމަށް ބެލެވޭތީ އެ ތަކެތީގެ މުހިއްމުކަން ވަރަށް ބޮޑުކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ވަނީ 14 ދުވަހަށް އައްޑޫ ލޮކްޑައުންކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 15 އޮކްޓޯބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

52 ދުވަސްފަހުން ހުޅުމީދޫގައި ހިންގާފައިވާ ކާފިއު އުވާލައިފި

52 ދުވަސް ފަހުން ކޮވިޑް 19 އާއި ގުޅިގެން ހުޅުމީދޫގައި އިއުލާންކޮށްފައި އޮތް މޮނިޓަރިން އުވާލަން ނިންމައިފިއެވެ. އެޕްރީލް ...

މި މަހުގެ ކަރަންޓު ބިލުން ތަފާތު ފެންނާނެ – ފެނަކަ

ކަރަންޓްގެ އަގަށް ގެނައި ބަދަލު މި މަހުގެ ކަރަންޓު ބިލުން ފެންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާލެއާއި އަތޮޅުތަކުގެ ...