ރަށަށް ނުދެވި މާލޭގައި ތާށިވެފައިތިބި މީހުންނަށް ރަށަށް ދެވޭނެ ގޮތް ހަދަން މަޝްވަރާކޮށްފި

މާލެ ލޮކްޑައުން ކުރުމާއެކު، ލަފާ ފުރުން މަނާކުރުމުގެ ސަބަބުން ތަފާތު އެކި ސަބަބުތަކާއި ހުރެ މާލޭގައި ތާށިިވެފައި ތިބި އެކި ރަށްރަށުގެ މީހުންނަށް އަލުން ރަށަށް ދެވޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ގައުުމީ ޓާސްކްފޯހުގައި މަޝްވަރާކޮށްފި އެވެ.

ރައީސް އޮފީހުން ރޭ ކުރި ޓުވީޓެއްގައި މިކަން ހާމަކޮށް ބުނެފައި ވަނީ ރޭ ގެ ޓާސްކްފޯސް ބައްދަލުވުމުގައި ރަށަށް ދާން ބޭނުންވެފައި ތިބި މީހުންނަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އޭޕްރިލް 15 ވަނަ ދުވަހު މާލެ ލޮކްޑައުން ކުރުމާއެކު ބޭސް ފަރުުވާ އާއި ބައެއް އެހެނިހެން ބޭނުންތަކަށް މާލެ އައިސް ތިބި ގިނަ ބަޔަކު ވަނީ މާލޭގައި ތާށިވެފައެވެ. މީގެ ތެރޭގައި ރިސޯޓު ކަރަންޓީނު ނިމި ރަށަށް ދިއުމަށްޓަކައި މާލެ ދިޔަ ފަރާތްތައް ވެސް ހިމެނެއެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން ހާލުގައި ޖެހުނު ފަރާތްތަކަށް ސަރުކާރުން އެހީތެރިވަމުން އަންނަކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެގޮތުން ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ބޭސްފަރުވާ ހޯދުމަށް ޓަކައި މާލެ ޒިިޔާރަތްކުރި 12 މީހުންނާއި، އެހެނިހެން ބޭނުންތަކަށް މާލެ ޒިޔާރަތްކުރި އަށް މީހަކު ވަގުތީ ހިޔާތަކުގައި އެބަތިއްބެވެ.

މީގެ އިތުރުން ލޮކްޑައުންގެ ސަބަބުން މާލެ ނާދެވި ތިބި ގިނަ ފަރާތްތަކެއް ތިބިއިރު މި މީހުންގެ މައުލޫމާތު ލޯކަލް ގަވަމަންޓް އޮތޯރިޓީން ވެސް ވަނީ އެއްކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

އެއްގަމު އުޅަނދު ދުއްވާއިރު ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާ އެއްގަމު އުޅަނދު ...

މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޮށްދެއްވާނަން – ޝޫޒާ

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ހޮއްވަވައިދެއްވައިފިނަމަ މީދޫ ރަށްޔިތުން ފަޚުރުވެރިވާވަރަށް މީދޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ...

މާރޗްމަހުން ފެށިގެން މުޅި ރާއްޖޭގައި އެއް ރޭޓަކަށް ކަރަންޓުގެ އަގު ކުޑަކުރާގޮތައް ހަމަޖައްސައިފި

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ރޭޓުތައް އެއްވަރުކޮށް މާޗު މަހުން ފެށިގެން ކަރަންޓުގެ އަގު ހެޔޮ ...