ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ: ޓްރާންސްޕޯޓް މިނިސްޓްރީ

އެއްގަމު އުޅަނދު ދުއްވާއިރު ނުރައްކަލަކުން ސަލާމަތްވާން ނޫނީ ބަރުގޮނު ނޭޅޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާ އެއްގަމު އުޅަނދު ދުއްވުމުގެ އާންމު ގަވާއިދަށް އިސްލާހު ގެނެސް އެކަން އިއުލާނު ކޮށްފި އެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަކުރެވިފައިވާ އުޅަނދުތައް ފިޔަވައި ދެން ދުއްވާ އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަންވާނީ އެ އުޅަނދު އުފެއްދިއިރު ހަރުކޮށްފައި ހުންނަ ބަރުގޮނު ކަމަށް ވެސް ގަވާއިދުގައި ބުނާއިރު މިސްކިތްތަކާއި، ސުކޫލްތަކާއި ކޮލެޖްތައް ހުންނަ ސަރަހައްދުތަކުގައި ބަރުގޮނު އެޅުމަކީ މަނާ ކަމެއް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

މިގަވައިދު މިނިސްޓްރީން ކަނޑައަޅާފައިވަނީ 11 އޮކްޓޯބަރ 2021 ވަނަ ދުވަހު އެވެ. ދުއްވަމުންދާއިރު އެއްވެސް ވައްތަރެއްގެ ދުންފަތުގެ އިސްތިއުމާލެއް ކުރުމަކީ ވެސް މަނާ ކަމެކެވެ.

އެގޮތުން ބަލާއިރު ސިނގިރޭޓް، ބިޑި، ވޭޕް އަދި ޝީޝާ ފަދަ އެއްޗެހި ބުއިމަކީ ވެސް މަނާކަމެކެވެ. އުޅަނދު ދުއްވާ މީހާގެ އިތުރުން އުޅަނދުގައި ދެން ތިބޭ މީހުން ވެސް އެފަދަ އަމަލެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ގާވާއިދުގައިވެ އެވެ.

އުޅަނދުގައި އެހެނިހެން ލައިޓް ހަރުކުރުންވެސް މަނާކޮށްފައިވާއިރު އެހެން ވައްތަރުތަކުގެ ބަރުގޮނު ހަރުކޮށް ނުވަތަ ބަރުގޮނު މޮޑިފައި ކުރުމަކީ ވެސް މަނާ ކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤައުމުގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ރައްޔިތުންނަށް ހާމަ ކުރާނަން – ރައީސް

ފެށޭ ހަފްތާއިން ފެށިގެން ރާއްޖޭގެ މާލީ ޙާލަތު ކޮންމެ ހަފްތާއަކު އެއްފަހަރު ދިވެހި ރައްޔިތުންނަށް ސަރުކާރުން ޙިއްޞާ ކުރަމުން ...

އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު 12 މީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ...

މާފުށީގައި ތުރުކީ ރައްޔިތެއް ގެނބިގެން މަރުވެއްޖެ

މާފުށީގައި ތުރުކީވިލާތުގެ ރައްޔިތަކު ގެނބިގެން މަރުވެއްޖެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނީ މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ...